އިންޑިއާގެ ޕާސްޕޯޓަކީ އެ ގައުމުގެ ރައްޔިތެއްކަން ކަށަވަރުކޮށްދޭ ލިޔުމެއް ނޫން ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ހާމަކޮށްފިއެވެ.
14 ވަނަ "ޕާސްޕޯޓް ސޭވާ ދިވާސް" ފާހަގަކުރުމުގެ ތެރެއިން މިކަން ހާމަކޮށް، ސަރުކާރުން ބުނެފައިވަނީ ޕާސްޕޯޓަކީ ބައިނަލްއަގްވާމީ ދަތުރުތައް ކުރުމަށްޓަކައި ދޫކުރާ ލިޔުމެއް ކަމަށާއި، އެއީ ރައްޔިތުކަން ސާބިތުކޮށްދޭ ލިޔުމެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް ނޫން ކަމަށެވެ. މި ބަޔާނާއެކު އިންޑިއާގެ ރައްޔިތުކަން ސާބިތުކޮށްދޭނެ ލިޔެކިޔުންތަކާ މެދު އަލުން ބަހުސްތަކެއް ވަނީ ފެށިފައެވެ.
ޕާސްޕޯޓް ސޭވާ ދިވާސް އަކީ 1967 ވަނަ އަހަރު ޕާސްޕޯޓް އެކްޓް ތަސްދީގު ކުރެވުނު ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރަކު ޖޫން 24 ވަނަ ދުވަހު އިންޑިއާގައި ފާހަގަކުރާ ދުވަހެކެވެ.
އިންޑިއާގެ ގާނޫނުތައް ބުނާ ގޮތުން ޕާސްޕޯޓަކީ ހަމައެކަނި އެ ގައުމުގެ ރައްޔިތުންނަށް ދޫކުރާ އެއްޗެއް ކަމުގައިވިޔަސް، އެއީ އެއްވެސް ހާލެއްގައި ރައްޔިތުކަމުގެ ހެއްކެއް ނޫނެވެ.
މީގެ އިތުރުން، ޕާސްޕޯޓުގެ ފަހަތުގައިވާ ނޯޓުގައި އެއީ އިންޑިއާ ސަރުކާރުގެ މިލްކެއް ކަމަށާއި، ސަރުކާރުން އެދިއްޖެ ހިނދެއްގައި އެ ޕާސްޕޯޓެއް އަނބުރާ ހަވާލުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ކުރިން އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް ވަނީ އާދަރް ކާޑަކީ ވެސް ރައްޔިތުކަން ސާބިތުކޮށްދޭ ލިޔުމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އައިޑެންޓިޓީ އަންގައިދޭ ލިޔުމެއް ކަމަށް ކަނޑައަޅާފައެވެ.
މި މުނާސަބަތުގައި އެމްއީއޭއިން ވަނީ ޕާސްޕޯޓް ހިދުމަތްތައް ފުޅާކުރުމާ ގުޅޭ ތަފާސްހިސާބުތައް ވެސް ހާމަކޮށްފައެވެ. އެގޮތުން، 2025 ވަނަ އަހަރު 1.5 ކްރޯޑް ޕާސްޕޯޓުގެ ހިދުމަތް ދީފައިވާ ކަމަށާއި، މިހާރު ޕާސްޕޯޓެއް ހެދުމަށް ހޭދަވާ މުއްދަތު 6 ދުވަހަށް ކުޑަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިހާރު އިންޑިއާގައި 545 ޕާސްޕޯޓް ސޭވާ ކެންދުރަ ގާއިމުކުރެވިފައިވާއިރު، މިއީ މީގެ ދިހަ އަހަރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްއީއޭއިން ފާހަގަކޮށްފައިވެއެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު