ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރެވޭނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެން ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންގެ ދުވަހާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް އިބްރާހިމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރެވޭނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެން ކަމަށެވެ. މުސްތަގުބަލާ ގުޅޭ ކަންތަކުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު މުހިއްމު ކަމަށެވެ. މިއަދު ފާހަގަކުރާ ގައުމީ ޒުވާނުންގެ ދުވަހާ ގުޅިގެން ދިވެހި ޒުވާނުންނަށް ރައީސް ވަނީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.

"ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް." ރައީސް ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން ޔޫތު މިނިސްޓަރު މަހުލޫފު ދެއްވި ޚިތާބުގައި ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ކަންކަމުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާ ކަމަށެވެ. ޒުވާނުން ކަންކަމާމެދު މަޝްވަރާ އާއި ޚިޔާލު ފާޅުކުރާއިރު ކަންކަމުގެ ހައްލު ވެސް ހޯދައިދިނުމަށް މަޚުލޫފް ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު