ސްރީލަންކާގެ ކޮލަމްބޯއިން އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ބޯޓަކަށް ހޮނު އެޅުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް (ބީ.އައި.އޭ) އަނބުރާ ޖައްސައިފިއެވެ.
ޔޫ.އެލް 606 ފްލައިޓް ކޮލަމްބޯއިން ފުރިތާ ގާތްގަނޑަކަށް 45 މިނެޓު ފަހުން، ސްރީލަންކާގެ ވައިގެ ސަރަހައްދުގައި އުޅެނިކޮށް ހޮނު އެޅީ ބޯޓުގެ އިންޖީނަކަށެވެ. މި ހާދިސާ ކުރިމަތިވުމާއެކު، އިތުރު ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ބޯޓުގެ ކްރޫއިން ވަނީ ވަގުތުން ފްލައިޓް އަނބުރާ ލަންކާއަށް ޖެއްސުމަށް ނިންމާފައެވެ.
މި ފްލައިޓް ރައްކާތެރިކަމާއެކު ބަންޑާރަނައިކަ އެއާޕޯޓަށް ޖައްސާފައިވަނީ އެ ގައުމުގެ ގަޑިން ރޭ މެންދަމު 1:40 ހާއިރުއެވެ. އެއާލައިނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބޯޓުގައި ތިބި 200 އަށްވުރެ ގިނަ ފަސިންޖަރުންނާއި 16 ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ސްރީލަންކަން އެއާލައިންސްއިން ބުނި ގޮތުގައި، ހޮނު އެޅުމުގެ ސަބަބުން ބޯޓަށް ފާހަގަކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އޭވިއޭޝަންގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ބޯޓު ފުރިހަމައަށް ޗެކްކުރުމަށްޓަކައި މިހާރު ވަނީ އޮޕަރޭޝަންތަކުން ދުރުކޮށްފައެވެ.
ދަތުރު މެދުކަނޑާލަން ޖެހުނު ފަސިންޖަރުން ސިޑްނީއަށް ގެންދިއުމަށްޓަކައި އެއާލައިނުން ވަނީ އެއާބަސް A330 މަރުކާގެ އެހެން ބޯޓެއް ވަގުތުން ހަމަޖައްސައިދީފައެވެ. އެ ބޯޓު ސިޑްނީއަށް ފުރާފައިވަނީ ފަތިހު 6:06 ހާއިރުއެވެ. މި ހާދިސާގެ ސަބަބުން ފަސިންޖަރުންގެ ދަތުރުވަގުތަށް ވަނީ ފަސް ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ލަސްވުމެއް އައިސްފައެވެ.
ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ދަމިންދަ ރަމްބުކްވެލާ ވިދާޅުވީ، ބޯޓު ރައްކާތެރިކަމާއެކު ޖެއްސުމަށްފަހު، ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެއާލައިނުން ވަނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ފާހަގަކޮށް، ދިމާވި މި ދަތިތަކަށްޓަކައި ފަސިންޖަރުންގެ ކިބައިން މައާފަށް އެދިފައެވެ.

CZE
BIH
PAR
ކިޔުންތެރިންގެ ހިޔާލު