އިންޑިއާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދުރަ މޯދީ ވެވަޑައިގަތުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑުވަޒީރު މޯދީގެ މި ދިގު ޒަޢާމަތުގައި އިންޑިއާގެ ރައްޔިތުންނަށް ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކުގެ އިތުރުން، ދިވެހިރާއްޖެއަށާއި މި ސަރަހައްދުގެ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.
ޚާއްޞަކޮށް، އިންޑިއާގެ އެހީތެރިކަމަކީ މި ސަރަހައްދުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މޯދީގެ ދައުރުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން ވެދީފައިވާ ދީލަތި އެހީތަކާއި، ކޮވިޑް-19 ފަދަ ނާޒުކު ދަނޑިވަޅުތަކުގައި ފޯރުކޮށްދިން އެހީތެރިކަމަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިންމު ކަންތައްތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން މޯދީ ވަނީ އެ ގައުމުގެ އިގްތިސާދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކުގެ ތެރޭގައި ހިމަނައި، ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާގެ ނުފޫޒު ވަރުގަދަކޮށްފައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މި ކުރިއެރުމުގެ ހެޔޮ އަސަރު މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު