އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ތާރީޚުގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާގެ ޝަރަފު ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ހިއްސާކުރެއްްވި ޕޯސްޓެއްގައި ރައީސް ވަނީ ބޮޑުވަޒީރު މޯދީ ހޯއްދެވި މި ތާރީޚީ ކާމިޔާބީއަށް ތައުރީފު ކުރައްވާފައެވެ.
ރައީސްގެ މަރުހަބާގެ މެސެޖުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ރާއްޖެއިން އެދެނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިހުތިރާމާއި، އިސްތިގުލާލީ ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންދިއުމަށް ކަމަށެވެ. އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ހިޔާލު އެއްގޮތްކޮށް، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބޮޑުވަޒީރު މޯދީ އިންޑިއާގެ ވެރިކަމާ ފުރަތަމަ ހަވާލުވެވަޑައިގަތީ މެއި 2014 ގައެވެ. އޭގެ ފަހުން ޖެހިޖެހިގެން ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން، މިހާރުވެސް ގެންދަވަނީ އެ މަގާމުގެ ޒިންމާތައް އަދާކުރައްވަމުންނެވެ.
މީގެ ކުރިން އިންޑިއާގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމުގެ ރެކޯޑު އޮތީ އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހެރޫގެ އަތްޕުޅުގައެވެ. އެމަނިކުފާނު ވަނީ މެދުނުކެނޑި 4,398 ދުވަހު މަގާމުގައި ދެމިހުންނަވާފައެވެ. ނަމަވެސް، މިއަދަކީ ބޮޑުވަޒީރު މޯދީ އެ މަގާމުގައި 4,399 ދުވަސް ފުރިހަމަކުރެއްވި ދުވަސް ކަމަށްވުމާއެކު، އެމަނިކުފާނު މިވަނީ ނެހެރޫގެ ރެކޯޑު މުގުރާލައްވައި އާ ތާރީޚެއް ލިޔުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު