ދުބާއީގެ އެމިރޭޓްސް ރޯޑުގައި މިދިޔަ ހޯމަ ދުވަހު ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓެއްގައި، އިންޑިއާގެ ރައްޔިތުން ހިމެނޭހެން ހަތް މީހަކު މަރުވެ، އިތުރު ނުވަ މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
ދުބާއީ ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މަގުގެ މެދުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހުއްޓާފައި އޮތް ލޮރީއެއްގައި، އޭގެ ފަހަތުން ދުއްވާފައި ދިޔަ މިނީ ބަސް ޖެހިގެންނެވެ. ދުބާއީ ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ބްރިގޭޑިއާ ޖުމާ ސާލިމް ބިން ސުވައިދާން ވިދާޅުވި ގޮތުގައި، އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި ބަސް ދުއްވަން އިން ޑްރައިވަރު ސަމާލުކަން ކުޑަވުމާއި، ކުރިއަށް މަގަށް ބަލަންވާވަރަށް ފޯކަސް ނުކޮށް ދުއްވުމުގެ ސަބަބުން މި އެކްސިޑެންޓް ހިނގާފައިވާ ކަމަށް ބެލެވެއެވެ.
މި ހާދިސާގައި ހަތް މީހަކު އެ އެކްސިޑެންޓުގައި މަރުވެފައިވާއިރު، އަނިޔާވި ނުވަ މީހުންނަށް ދަނީ ކައިރީގައި ހުރި ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުބާއީގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓުން ވަނީ މި ހާދިސާއާ ގުޅިގެން ފުން ހިތާމަ ފާޅުކޮށްފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ހިމެނޭކަން ކަށަވަރުކޮށްދީ، އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މަރުވި މީހުންގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދުބާއީގެ ކަމާބެހޭ އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ދުބާއީ ފުލުހުން ދަނީ ކުރަމުންނެވެ. މި ހާދިސާއާއެކު، ހައިވޭތަކުގައި ދުއްވާއިރު ސަމާލުވުމުގެ މުހިންމުކަމާއި، އުޅަނދުތަކަށް މައްސަލައެއް ދިމާވެގެން މަގުމަތީގައި ހުއްޓަންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މުހިންމުކަން ވަނީ އަނެއްކާވެސް ހާމަވެފައެވެ.
މި ހިތާމަވެރި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކުރައްވައި، އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމަކީ އަޅުގަނޑުމެންގެ ދުޢާއެވެ.

ކިޔުންތެރިންގެ ހިޔާލު