ފަލަސްތީނުގެ މަޝްހޫރު ޑޮކްޓަރަކު އެއްވެސް ދައުވާއަކާ ނުލައި 17 މަސްދުވަހު ބަންދުގައި ބޭއްވުމަށްފަހު، އެކަހެރި ގޮޅިއަކަށް ބަދަލުކުރުމުން އާއިލާ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ޙުއްސާމް އަބޫ ސަފިއްޔާ އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. "ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިސްރާއީލް" އިން މައުލޫމާތުދޭ ގޮތުގައި، ކެޓްޒިއޮޓް ޖަލުން ރާމޮން ޖަލަށް އޭނާ ބަދަލުކޮށް، އެއްވެސް ސަބަބަކާ ނުލައި މިހާރު ވަނީ އެކަހެރި ގޮޅިއެއްގައި ބަންދުކޮށްފައެވެ.
ޑރ. ޙުއްސާމްގެ އާއިލާއިން ބުނާ ގޮތުގައި، ބަންދުގައި ހުރި މުއްދަތުގައި އޭނާގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އޭނާގެ ދަރިފުޅު ޑރ. އިލްޔާސް އަބޫ ސަފިއްޔާ ހާމަކުރި ގޮތުގައި، ހައްޔަރުކުރި ވަގުތު ލިބުނު އަނިޔާތަކަށް އެކަށީގެންވާ ފަރުވާއެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އޭނާގެ ވާތު ފަލަމަސްގަނޑުގައި ހަރުލާފައިވާ ގޮޮވާއެއްޗެއްގެ އެތިކޮޅުތައް ނެގުމަށް ސާޖަރީއެއް ހަދަން ޖެހިފައިވާއިރު، ޖަލުގެ ނިކަމެތި ހާލަތުގެ ސަބަބުން ހަމުގެ ބަލިތައް ވެސް ވަނީ ޖެހިފައެވެ.
ކަމާލް އަދުވާން ހޮސްޕިޓަލަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތަކާއި ހިސާރުގެ ތެރޭގައި ވެސް، ބަލިމީހުން ދޫކޮށްލުމަށް އިންކާރުކޮށް، ޑރ. ޙުއްސާމް ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުގެ ސަބަބުން އޭނާއަކީ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ބޭފުޅެކެވެ. ނަމަވެސް، އިސްރާއީލުން އޭނާ ބަންދުކޮށްފައިވަނީ "އަންލޯފުލް ކޮމްބަޓަންޓް" ގާނޫނުގެ ދަށުންނެވެ. މިއީ އެއްވެސް ޝަރީއަތަކާ ނުލައި މީހުން ބަންދުގައި ބޭތިއްބުމަށް އިސްރާއީލުން ބޭނުންކުރާ އުސޫލެކެވެ.
އޭނާގެ ވަކީލު ނާސިރު އޫދާ ވިދާޅުވި ގޮތުގައި، ޑރ. ޙުއްސާމް މިނިވަންކުރުމަށް އެދި މިހާރު ވަނީ އިސްތިއުނާފު ހުށަހަޅާފައެވެ. ނަމަވެސް، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި މައްސަލައިގެ މައުލޫމާތު ސިއްރުކޮށް، ބަންދު ދޮރުގެ ފަހަތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
އދ. ގެ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، 14 ދުވަހަށްވުރެ އިތުރަށް މީހަކު އެކަހެރި ގޮޅީގައި ބޭޭއްވުމަކީ ލާއިންސާނީ އަނިޔާއެކެވެ. ޑރ. ޙުއްސާމްގެ އިތުރުން ޣައްޒާގެ އިތުރު 14 ޑޮކްޓަރަކު ވެސް އިސްރާއީލުން މިފަދަ ގޮތަކަށް ބަންދުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދަނީ، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ސިއްހީ ހިދުމަތްތެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޑރ. ޙުއްސާމް ވަގުތުން މިނިވަންކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު