ބޮޑާ ކިބުރުވެރި ޢާއިލާއެއްގެ ބަޔަކު އެމްޑީޕީ ހިޞާރުކޮށްފައިވާކަމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މުޤައްރިރުކަމުން ސަސްޕެންޑްކޮށްފައިވާ ޝުޢައިބު ޢަލީ (ފުރަހަނި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ޝުއައިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށްޓަކައި އެތައް ޤުރުބާނީއެއްވި ބަޔަކު ޕާޓީއާއި ފެޔަށްދާންޖެހުނު މައިގަނޑު ސަބަބަކީ، ބޮޑާ ކިބުރުވެރި ޢާއިލާއެއްގެ ބަޔަކު އެމްޑީޕީ ހިޞާރުކުރުންކަމަށެވެ. އަދި ބޮޑާ ކިބުރުވެރި އާއިލާގެ މީހުންގެ “ލަދުހަޔާތް ކުޑަކަމުން” އެމްޑީޕީއަށް ޖާނާއި މާލުން ޤުރުބާންވި އެތައް ބަޔަކަށް ޖެއްސުންކޮށް އެ މީހުންނާއި ބެހޭ ދޮގު ވާހަކަދައްކަމުންދާމަށްވެސް، އެމްޑީޕީގެ ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވާޝުއައިބު ތުހުމަތުކުރެއްވިއެވެ.



އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުޤައްރިރުކަމުން ޝުޢައިބު ސަސްޕެންޑްކޮށްފައިވާއިރު، އޭނާ އެމަޤާމުން ސަސްޕެންޑްކުރީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޢަމަލުކުރައްވާ ގޮތުން އެ މަނިކުފާނާއިމެދު ފިޔަވަޅުއަޅުއްވައި ދެއްވުމަށް ޕާޓީގެ ޗެއަރޕާސަނަށް ސިޓީއެއް ފޮނުއްވުމުންނެވެ.

ބޮޑާ ކިބުރުވެރި އާއިލާއަކުން އެމްޑީޕީ ހިސާރު ކޮށްފައިވާ ކަމަށް ޝުޢައިބު ތުހުމަތު ކުރެއްވި ނަމަވެސް އެއީ ކަނޑައެޅިގެން ކޮން އާއިލާއެއްކަމެއް ވިދާޅެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު