މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް އައު މެންބަރުން އައްޔަންކުރުމުގެ މަރުހަލާ ހަރުދަނާކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭނެ ފަސް މެންބަރުންގެ "ނޮމިނޭޝަން ކޮމިޓީ" އެއް އެކުލަވާލުމަށް އެ އިދާރާއިން އުސޫލެއް ކަނޑައަޅައި ގެޒެޓުކޮށްފިއެވެ.
މި އުސޫލުގައިވާ ގޮތުން، ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ބަލައި، އެންމެ އެކަށީގެންވާ ފަރާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާދޭނީ މި ކޮމިޓީގެ މަސައްކަތްތަކާ ބެހޭގޮތުން ޕެންޝަން އޮފީހުން އާންމުކުރި އުސޫލުގައިވާ ގޮތުން، މި ކޮމިޓީގައި ހިމެނޭނީ ޖުމްލަ ފަސް މެންބަރުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަނާއި، ސެކިއުރިޓީސް މާކެޓު ރެގިއުލޭޓަރުގެ އިސް މުވައްޒަފެއްގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ސިވިލް ސާވިސްގެ އިސް މުވައްޒަފުންނެވެ.
ކޮމިޓީގައި ހިމެނޭ ސަރުކާރުގެ ވުޒާރާތަކުގެ މުވައްޒަފުންނަކީ ޑިރެކްޓަރު ފެންވަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއްގައި ތިއްބެވި ބޭފުޅުންނަށް ވާންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ވަޒަންކޮށް، އެ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކުގެ ނަންތައް ރައީސް އަށް ހުށަހެޅުމެވެ.
މީގެ އިތުރުން، މި ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކުރުމުގެ ޒިންމާ ޕެންޝަން އޮފީހަށް މަތިކޮށްފައިވާއިރު، ކޮމިޓީގެ މެންބަރުންނަށް އުޖޫރައިގެ ގޮތުގައި ހަމަޖައްސާފައިވަނީ ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް 1،500 ރުފިޔާއެވެ.
ޕެންޝަން އޮފީހުން މިފަދަ އުސޫލެއް އެކުލަވާލާފައިވަނީ، އެ އިދާރާގެ ހިންގުން ހަރުދަނާކޮށް، ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ ގާބިލު އަދި ތައުލީމީ ގޮތުން ޝަރުތު ފުރިހަމަވާ ބޭފުޅުންކަން ކަށަވަރުކުރުމުގެ މަގްސަދުގައެވެ.

ކިޔުންތެރިންގެ ހިޔާލު