އަހުމަދު މަސްނޫމް   20 އޮކްޓޯބަރު 2020 - 11:34
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕޭ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެކަމަށް އިންޑިއާއާއި ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖެ ވަޑައިގަންނަވާ އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ.

ޚަބަރުތައް ބުނާގޮތުން ޕޮންޕޭގެ ދަތުރުފުޅުގައި އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެއެވެ. ނަމަވެސް ޕޮންޕޭގެ މިދަތުރުފުޅާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ. އަދި އެމެރިކާ ސަރުކާރުންވެސް ރަސްމީކޮށް މިކަމާ ގުޅޭ ވާހަކައެއް ދައްކާފައެއް ނުވެއެވެ.



އެމެރިކާގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މިދިޔަ ޖުލައިމަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު