ރައީސް މުއިއްޒު
ރައީސް މުއިއްޒު
ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ އެ ޕާޓީގެ މައި އޮފީހުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޕާޓީގެ އިސް ލީޑަރުންނާއި، އާންމު މެންބަރުން އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ އާންމު މެންބަރުންނަށާއި ސަޕޯޓަރުންނަށް ދައުވަތު އަރުވާފައެވެ.

މި އެއްވުމަކީ، މުޅި ރާއްޖޭގައި ޕީއެންސީން ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި ބާއްވާ ހަރަކާތެކެވެ. ހާއްސަކޮށް، އުތުރު ހިތަދޫ ދާއިރާގެ ބައި-އިލެކްޝަން ނިމުމާ ގުޅިގެން ބާއްވާ މި ޖަލްސާ ފާހަގަކޮށްލެވެނީ ސިޔާސީ ގޮތުން މުހިންމު ޖަލްސާއެއްގެ ގޮތުގައެވެ.

ފާއިތުވި ދުވަސްތަކުގައި ޕީއެންސީން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ އެޖެންޑާ ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށާއި، ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތްތަކުގެ ތެރެއިން ބާއްވާ މި ޖަލްސާގައި ޕާޓީގެ ކުރިމަގުގެ ލަނދުދަނޑިތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށް، ސިޔާސީ ފޯރި އިތުރުކުރާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު