ފިލިޕީންސްގެ ދެކުނުގެ މައި ރަށްކަމަށްވާ މިނިްދަނާއޯގެ އައްސޭރިފަށަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ސަންޓޯސް ސިޓީއާ ކައިރިން އައި މި ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި މަދުވެގެން އެކަކު މަރުވެ ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ބިންހެލުމާ ގުޅިގެން ފިލިޕީންސް، އިންޑޮނޭޝިއާ، އަދި ޖަޕާން ފަދަ ސަރަހައްދީ ގައުމުތަކުން ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވަނީ ސަރަހައްދުގައި ތިބި ރައްޔިތުން ލަސްނުކޮށް އުސް ބިންތަކަށް ބަދަލުވުމަށް ގޮވާލައްވާފައެވެ.
އަދި މި ހާލަތާ ގުޅިގެން އެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށް، ކަމާބެހޭ އިދާރާތަކުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ބިންހެލުމަށްފަހު އެ ސަރަހައްދަށް 16 އަށްވުރެ ގިނަ އާފްޓާ ޝޮކް އައިސްފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ. ޖެނެރަލް ސަންޓޯސް އެއާޕޯޓުގެ ހިދުމަތްތައް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ އިމާރާތްތަކަށް ލިބުނު ގެއްލުންތައް ބަލައި، ހާލުގައި ޖެހިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު