ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޯޑަރުތަކުގެ ކޮންޓްރޯލް ވަރުގަދަކޮށް، ޤައުމީ ފަންނީ ޤާބިލުކަން އިތުރުކުރަން ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ރައްކާތެރި ކާބޯތަކެތީގެ މުހިންމުކަން މިއަދު އަޅުގަނޑުމެން ހަނދާން އާކުރަންޖެހޭ ކަމަށެވެ. އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ގިނަ ބަލިތަކަކީ، ހަރުދަނާ ނިޒާމުތަކުގެ ތެރެއިން ހުއްޓުވިދާނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް އެކުލަވައިލުމާއި، ބޯޑަރުތަކުގައި ކާބޯތަކެތި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓަރކޮށް ތަޙުލީލުކުރުމަށް ބޭނުންވާ ޤައުމީ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މެސެޖުގައި ރައީސް ވަނީ ޣައްޒާ ހިމެނޭހެން ނުރައްކާތެރި ޙާލަތްތަކާ ކުރިމަތިލާންޖެހިފައިވާ މުޖުތަމަޢުތަކާއެކު ދިވެހިރާއްޖެ އޮތްކަން ހާމަކުރައްވާފައެވެ. އެ ސަރަޙައްދުތަކުގައި ރައްކާތެރި ނޫން ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނީ ތަހައްމަލުތައް އިތުރަށް ގޯސްވަމުންދާތީ، އެކަމަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ބައިނަލްއަޤުވާމީ މިންގަނޑުތަކަށް އަމަލުކޮށް، ބަދަހި އެއްބާރުލުމަކާއެކު މަސައްކަތް ކޮށްފިނަމަ އެންމެހައި ފަރާތްތަކަށް ރައްކާތެރި މުސްތަޤުބަލެއް ބިނާކުރެވޭނެ ކަމަށްވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު