އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކުރި 60 އަހަރުގެ ދިގު ތާރީޚުގައި، ފުރަތަމަ ފަހަރަށް އެ ޖަމްޢިއްޔާގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް) ގެ ގޮނޑިއަކަށް ރާއްޖެ އިންތިޚާބުވުމަކީ ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ތާރީޚީ ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އދ.ގެ އިކޯސޮކްގެ 2027 އިން 2029 އަށް އޮންނަ ދައުރުގެ ގޮނޑިއަކަށް ރާއްޖެ އިންތިޚާބުވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި މި އިންތިޚާބުން ރާއްޖެ ކާމިޔާބު ހޯދުމަކީ ދުނިޔޭގެ ޤައުމުތަކުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި، އިޤްތިޞާދީ ގޮތުން ކުރިމަތިވާ ނާޒުކު ހާލަތްތަކަކީ ރާއްޖެ ފަދަ ޤައުމުތަކަށް އޭގެ ނޭދެވޭ އަސަރު ސީދާގޮތުން ފޯރާ ކަންކަންކަން ފާހަގަކުރައްވައި، އިކޯސޮކްގައި ރާއްޖެއަށް ލިބުނު ފުރުޞަތުގެ ބޭނުންހިފައި، އެފަދަ ޤައުމުތަކުގެ ހައްޤުގައި އަޑުއުފުލާނެ ކަމަށް ވިދާޅުވިއެވެ.
"އިކޯސޮކް ވެގެންދާނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި، އެހެނިހެން ޤައުމުތަކުގެ އުންމީދުތައް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އިއްވައިދޭނެ ވަރުގަދަ މަންސައަކަށް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް އަވަސްކުރުމަށް ރާއްޖެއިން އިސްނަގާނެ ކަމަށެވެ. އަދި ދުނިޔޭގެ ނިޒާމަކީ މިހާރަށްވުރެ އިންސާފުވެރި އަދި ހުރިހާ ޤައުމުތަކެއްގެ މަސްލަހަތު ހިމެނޭ ވިލުންތެރި ނިޒާމަކަށް ހެދުމަށްޓަކައި، ބައިނަލްއަޤުވާމީ ބައިވެރިންނާ ގުޅިގެން ރާއްޖެއިން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
އިކޯސޮކް އަކީ އދ. ގެ މައިގަނޑު 6 ގޯފީގެ ތެރެއިން، އިޤްތިޞާދީ އަދި އިޖުތިމާޢީ ސިޔާސަތުތައް ވިލަރެސްކުރުމަށް އޮންނަ އެންމެ މުހިންމު ކައުންސިލެވެ.

ކިޔުންތެރިންގެ ހިޔާލު