ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް އަވަސް ކުރުން
ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް އަވަސް ކުރުން
މިހާރު ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް ބާއްވާ ތާރީހު، ކުރިން ރާވާފައި އޮތް މުއްދަތަށްވުރެ އަވަސްކުރުމަށް އެ ޕާޓީން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ޕާޓީގެ އިސް ބޭފުޅުންނާއި ހަވާލާދީ މައުލޫމާތު ލިބޭ ގޮތުގައި، މި ބަދަލު ގެނައުމަށް ނިންމީ ރޭ ބޭއްވި ޕާޓީގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

މި ޖަލްސާގައި ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުމެއް، އެތަނަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެ ހުށަހެޅުމަކީ، ކުރިން އޮކްޓޯބަރު މަހަށް ތާވަލުކޮށްފައި އޮތް ކޮންގްރެސް، ވީހާވެސް އަވަހަކަށް ބޭއްވުމެވެ.

މިކަމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންގްރެސް ބޭއްވުމަށް ޕާޓީގެ އެންމެހާ މެންބަރުން ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް، ކޮންގްރެސް ބޭއްވުމަށް އަލުން ކަނޑައެޅި ސީދާ ތާރީހެއް ޕާޓީން އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު