ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަޙީދުއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސްކުރުމާ ގުޅުންހުރި އެންމެހާ ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ޤާއިމުކުރުމެވެ. އަދި ޕޭމަންޓް ޚިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެފަދަ ސިސްޓަމްތައް ރެގިއުލޭޓްކުރާ ފަރާތެއްގެ ހައިޞިއްޔަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް މިބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކި ފަރާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމާއި، ސިސްޓަމްތައް ހިނގާނުހިނގާ ގޮތް ބެލުމާގުޅޭ އުސޫލުތަކާއި، ސިސްޓަމްގެ ޚިދުމަތްތަކާގުޅޭ ކަންކަމާއި، ޤާނޫނާ ގަވާއިދާ ޚިލާފަށް ސިސްޓަމް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައްވެސް މިބިލުގައިވެއެވެ.

މިބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައިވާއިރު، ބިލު މިހާރު އޮތީ ބަހުސް މަރުހަލާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން