އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭ.އައި. މިއީ މިހާރު ކޮންމެ ތަނަކުންވެސް އިވޭ ދެ ބަހެވެ.
ކުދި ވިޔަފާރިވެރިންނަށް ބަލާއިރު، އޭ.އައި އަކީ ރަނގަޅު ފުރުޞަތެއްގެ ގޮތުގައިވެސް އަދި ބޮޑު ބިރެއްގެ ގޮތުގައިވެސް ފެނިދާނެ އެއްޗެކެވެ. އެއްކޮޅުން ބަލާއިރު، މިއީ ވަގުތު ސަލާމަތްކޮށްދޭ އަދި ބޮޑެތި ކުންފުނިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދޭ "ޖާދުލެއް" ކަހަލަ ވަސީލަތެކެވެ. ނަމަވެސް އަނެއްކޮޅުން ބަލާއިރު، އުފެއްދުންތެރިކަމާއި، އިންޞާފާއި، އަދި ބައެއް ސިނާޢަތްތައް ދެމިއޮތުމާ މެދު މިއީ ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެކެވެ.
އެހެންކަމުން، ކުދި ވިޔަފާރިތަކަށް އޭ.އައި ގެ ސަބަބުން ކުރާ ރަނގަޅު އަސަރުތަކާއި، ނޭދެވޭ އަސަރުތަކާއި، އަދި އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަންކަމަށް ބަލައިލަމާ ހިނގާށެވެ.
ރަނގަޅު ފަރާތް: ވިޔަފާރީގެ އެންމެ ގާތް އެކުވެރިޔާ
ގިނަ ކުދި ވިޔަފާރިތަކަށް އޭ.އައި ސާބިތުވަމުންދަނީ އެމީހުންގެ ސިއްރު ހަތިޔާރެއްގެ ގޮތުގައެވެ.
• މަސައްކަތުގެ ހަލުވިކަން: އިދާރީ މަސައްކަތްތައް އޮޓޮމޭޓް ކުރުމާއި، ސޯޝަލް މީޑިއާ ޕޯސްޓްތައް ތާވަލުކުރުމާއި، ނުވަތަ ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުން ފަދަ ކަންކަމަށް އޭ.އައި ބޭނުންކުރުމުން ކޮންމެ ހަފުތާއަކު އެތައް ގަޑިއިރެއް ސަލާމަތްވެއެވެ. އިނގިރޭސިވިލާތުގެ ދިރާސާއަކުން ދައްކާގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އޭ.އައި ބޭނުންކުރުމުން އުފެއްދުންތެރިކަން 133 އިންސައްތައާ ހަމައަށް އިތުރުވެފައިވެއެވެ.
• ވާދަވެރިކަމުގެ ފުރުޞަތު: ކުރިން ހަމައެކަނި ބޮޑެތި ކުންފުނިތަކަށް ލިބުނު ވަސީލަތްތައް މިހާރު އެންމެ ކުދި ވިޔަފާރިތަކަށްވެސް ލިބެން އެބަހުއްޓެވެ. އަމިއްލަ މަސައްކަތުން ވިޔަފާރިކުރާ މީހަކަށް، އުފެއްދުންތަކުގެ ތަފުޞީލު ލިޔުމަށާއި، މާކެޓިންގ ޕްލޭންތައް އެކުލަވައިލުމަށް ނުވަތަ ކަސްޓަމަރުންގެ ތަފާސްހިސާބުތައް ދިރާސާކުރުމަށް، ބޮޑު ޓީމަކަށް މުސާރަދިނުމުގެ ބަދަލުގައި އޭ.އައި ބޭނުންކުރެވިދާނެއެވެ.
• ހަރުދަނާ ނިންމުންތައް: އޭ.އައި އަކީ ހަމައެކަނި ހިސާބުތައް ޖަހާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ބާޒާރުގެ އޮއިވަރު ހުރިގޮތް ދެނެގަތުމަށްވެސް އެހީތެރިވެދެއެވެ. މީގެ މާނައަކީ މުދާ ހުރި މިންވަރު ބެލެހެއްޓުމާއި، ވިޔަފާރީގައި އަސްލު ކުރިއަރަނީ ކޮން ކަމެއްކަން ދެނެގަތުމަށް ބޮޑު ފަސޭހައެއް ލިބުމެވެ. ޚާއްޞަކޮށް އަންހެން ވިޔަފާރިވެރިންނަށް ބަލާއިރު، އޭ.އައި އަކީ ގެއްލިގެންދާ ވަގުތުތައް އަނބުރާ ހޯދައިދޭ ވަސީލަތެކެވެ. ގިނަ އަންހެން ވިޔަފާރިވެރިން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމާއި އިދާރީ ކަންކަމުގައި އޭ.އައި ބޭނުންކުރެއެވެ. މީގެ ސަބަބުން އައު އުފެއްދުންތަކާއި، ވިޔަފާރީގެ ސްޓްރެޓެޖީ އަދި ވިޔަފާރި ފުޅާކުރުމަށް ހުސްވާނެ ވަގުތު އެމީހުންނަށް ލިބިގެންދެއެވެ.
އިންޑިއާގެ ބައެއް ސަރަޙައްދުތަކުގައި، އަމިއްލަ އެހީތެރިކަމަށް އުފައްދާފައިވާ އަންހެނުންގެ ގްރޫޕްތަކަށް މާކެޓިންގ އާއި އީ-ކޮމާރސްގައި އޭ.އައި ބޭނުންކުރާނެ ގޮތް ދަސްކޮށްދެމުންދެއެވެ. މީގެ ސަބަބުން ކުރިން ނުލިބޭ ފަދަ ބައިނަލްއަޤްވާމީ ފުރުޞަތުތައް އެމީހުންނަށް ވަނީ ހުޅުވިފައެވެ.
ފަރުވާތެރިކަމާއެކު ބޭނުންކޮށްފިނަމަ، އޭ.އައި އަކީ ތިޔަބޭފުޅުންގެ ބަދަލުގައި މަސައްކަތްކުރާނެ އެއްޗެއް ނޫނެވެ. އެއީ ތިޔަބޭފުޅުންނަށް ބޭނުންވާ މުހިންމު ވަގުތުތައް ހޯދައިދޭނެ އެހީތެރިއެކެވެ.
ނުބައި ފަރާތް: ސަމާލުވެ ތިބެ ކުރިއަށްދިއުން
އޭ.އައި އަކީ ހަމައެކަނި ވަގުތު ސަލާމަތްކޮށްދޭ އުޖާލާ ކަމެއް ނޫނެވެ.
• އިންސާނީ ގުޅުން ކެނޑުން: އޭ.އައި އަށް މާ ބޮޑަށް ބަރޯސާވެއްޖެނަމަ، ވިޔަފާރީގެ ތެރެއިން ފެންނަ އިންސާނީ ގުޅުމާއި، އެކަކު އަނެކަކަށް ހުންނަ ގާތްކަން ގެއްލި، މެޝިނެއް ފަދަ އިޙްސާސެއް ކަސްޓަމަރުންނަށް ކުރެވިދާނެއެވެ. މިއީ އިތުބާރާއި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ކުދި ވިޔަފާރިތަކަށް އޮތް ބޮޑު ނުރައްކަލެކެވެ.
• ކުށްތަކާއި އިތުބާރު ހިފޭ މިންވަރު: އޭ.އައި އިން ނުބައި މަޢުލޫމާތު ދިނުމާއި، ވަކި އަތަކަށް ޖެހިފައިވާ ނަތީޖާ ނެރުމަކީ އެކަށީގެންވާ ކަމެކެވެ. އިންސާނަކު ބަލައި ޗެކްނުކޮށް މިފަދަ ކަންކަން ދޫކޮށްލުމަކީ ވިޔަފާރީގެ އަބުރަށް ވަގުތުން ހީނަރުކަން އަތުވެދާނެ ކަމެކެވެ.
• ހުނަރާއި އިތުބާރުގެ ފަރަގު: ދިރާސާތަކުން ދައްކާގޮތުގައި، ޓެކްނޮލޮޖީއަށް ހުންނަ އިތުބާރު ކުޑަވުމުގެ ސަބަބުން ނުވަތަ ތަމްރީނު ލިބިފައި ނެތުމުގެ ސަބަބުން، ފިރިހެނުންނަށްވުރެ އަންހެނުން އޭ.އައި ބޭނުންކުރުން 20 އިންސައްތަ މަދެވެ. މީގެ ސަބަބުން ވިޔަފާރިއާއި އާއިލީ ޒިންމާތައް އުފުލާ އަންހެން ވިޔަފާރިވެރިންނަށް މިހާރުވެސް އޮތް ތަފާތުތައް އިތުރަށް ބޮޑުވެގެންދިއުމުގެ ބިރު އެބައޮތެވެ.
• އޮންލައިން ރައްކާތެރިކަން: ވިޔަފާރިކުރާ އަންހެނުންގެ އަނެއް ކަންބޮޑުވުމަކީ ޑިޖިޓަލް ރައްކާތެރިކަމެވެ. ދުނިޔޭގެ ނިސްބަތުން ދެބައިކުޅަ އެއްބައި އަންހެން ވިޔަފާރިވެރިންނަށް އޮންލައިންކޮށް ފުރައްސާރައާ ކުރިމަތިލާންޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެހެންކަމުން، އޭ.އައި އަކީ ބާރުގަދަ ވަސީލަތެއް ކަމަށްވިޔަސް، އެއީ "ހަމަޖައްސާލާފައި ހަނދާން ނައްތާލެވޭނެ" އެއްޗެއް ނޫނެވެ. އެއަށް އިންސާނީ ބެލުމާއި، އަޚްލާޤީ މިންގަނޑުތަކާއި، އަދި ސާފު ސްޓްރެޓެޖީއެއް ބޭނުންވެއެވެ.
ބިރުވެރި ފަރާތް: އޭ.އައި ގެ ސަބަބުން ދިރިއުޅުމަށް ނުރައްކާވުން
މިއީ މިކަމުގެ އެންމެ ހިތްދަތި ފަރާތެވެ.
ކުދި ވިޔަފާރި ހިންގާ އުފެއްދުންތެރިން (ކުރެހުންތެރިން، ލިޔުންތެރިން، މިއުޒިކް ކުޅޭ މީހުން) އަށް ބަލާއިރު، އޭ.އައި އަކީ ހަމައެކަނި ވަސީލަތެއް ނޫނެވެ. އެއީ އެމީހުންގެ ބޮޑު ވާދަވެރިއެކެވެ.
އޭ.އައި ޓޫލްތައް ތަމްރީނުކުރެވެނީ އެއްވެސް ހުއްދައަކާ ނުލައި މިލިއަނުން ގުނޭ ކުރެހުންތަކާއި، ފޮތްތަކާއި، ޑިޒައިންތައް ބޭނުންކޮށްގެންނެވެ. އެއަށްފަހު، ސިކުންތުކޮޅެއްގެ ތެރޭގައި "އައު" އުފެއްދުންތައް އުފައްދައި، ބާޒާރުގައި ވަރަށް އަގުހެޔޮކޮށް ވިއްކައެވެ. ގިނަ އުފެއްދުންތެރިންނަށް މިއީ ފޭރުމެއްގެ ގޮތުގައި އިޙްސާސް ކުރެވެއެވެ.
ކުރެހުންތެރިއެއް ކަމަށްވާ ޖޯޖީނާ ކެންޓް ބުނިގޮތުގައި:
"އޭ.އައި އާޓަކީ ކުރެހުންތެރިންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އޭ.އައި ސޮފްޓްވެއަރތަކަށް އެތައް ހާސް ކުރެހުންތެރިންގެ މަސައްކަތްތައް ހުއްދައާ ނުލައި އަޅާފައިވެއެވެ. މިއީ ކޮޕީރައިޓް ޤާނޫނާ ޚިލާފު ކަމެކެވެ. އޭ.އައި އަކަށް ވާހަކައެއްގެ ތަފްޞީލެއް ނުވަތަ އިޙްސާސެއް ނޭނގެއެވެ. އެއިން އުފައްދަނީ ބަލާލަން ރީތި ނަމަވެސް އުފެއްދުންތެރިކަމެއް ނެތް ތަކެއްޗެވެ. މިއީ ވަރަށް އަގުހެޔޮކޮށް ވިއްކޭ ތަކެތި ކަމަށްވުމުން، އަސްލު އުފެއްދުންތަކަށްވުރެ ގިނަ މީހުންނަށް މިތަކެތި ކަމުދާން ފަށައެވެ."
ޖޯޖީނާ އިތުރަށް ކިޔައިދިން ގޮތުގައި، އޭނާގެ ވިޔަފާރިއަށް މިކަމުގެ ސަބަބުން ވަނީ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައެވެ:
"އެޓްސީ (Etsy) ފަދަ ސައިޓްތަކުން 'ވޯޓާކަލަރ ކިންގްފިޝަރ' އަށް ސާޗުކޮށްފިނަމަ، އޭ.އައި އިން އުފައްދާފައިވާ ކުރެހުންތައް މިހާރު ފެންނަނީ އަހަރެންގެ ކުރެހުންތަކަށްވުރެ ކުރިންނެވެ. އޭގެ ސްޓައިލް އަހަރެންގެ މަސައްކަތާ އެއްގޮތްވެފައި އަގު ދެބައިކުޅަ އެއްބައި ހެވެވެ. އަގުގެ ގޮތުން އަހަންނަކަށް އެއާ ވާދައެއް ނުކުރެވޭނެއެވެ. މިއަހަރަކީ ކުރީ އަހަރުތަކާ އަޅާބަލާއިރު ވިޔަފާރި ވަރަށް ބޮޑަށް ދަށްވި އަހަރެކެވެ. އަހަރެން މުދާ ވިއްކާ ޕްލެޓްފޯމްތަކަށް އޭ.އައި އާޓް އަތްގަދަކުރާތަން ފެނުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް ލިބޭ ކަމެކެވެ."
މީގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރު ވަރަށް ބޮޑެވެ:
"ބައެއް މީހުން އަހަރެން ގާތު ބުނެފައި އެބަހުރި އަހަރެންގެ ކުރެހުމަށްވުރެ އޭ.އައި މާ ރަނގަޅޭ، ކުރެހުން ހުއްޓާލާށޭ. ނަމަވެސް އަހަރެން މިހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އަތުން ކުރަހާ އަސްލު ކުރެހުންތަކަށް އަބަދުވެސް ޖާގައެއް އޮންނާނެއެވެ. ކުރެހުމަކީ އަހަރެންގެ ރޫޙަށް ލިބޭ ޝިފާއެކެވެ. އޭ.އައި އަކަށް ދުވަހަކުވެސް އެކަމެއް ނުކުރެވޭނެއެވެ."
އުފެއްދުންތެރިންނަށް ބަލާއިރު، އޭ.އައި އަކީ ހަމައެކަނި ވިޔަފާރި ވަސީލަތެއް ނޫނެވެ. އެއީ މުޅި ބާޒާރު ބަދަލުކޮށްލާ އެއްޗެކެވެ. އަދި މިވަގުތު މިފަދަ މަސައްކަތްތައް ރައްކާތެރިކުރުމަށް އޮތް ޤާނޫނީ އޮނިގަނޑުތައް ވަރަށް ބަލިކައްޓެވެ.
ކުދި ވިޔަފާރިވެރިންނަށް އަމިއްލަ މަސައްކަތް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމީ ކޮބާ؟
ހަޤީޤަތަކީ، އެއްވެސް ކުރެހުންތެރިއަކަށް ނުވަތަ ކުދި ވިޔަފާރިވެރިއަކަށް، އޭ.އައި އިން މަޢުލޫމާތު ނެގުން މުޅިން ހުއްޓުވައެއް ނުލެވޭނެއެވެ. ނަމަވެސް، މިއީ ތިޔަބޭފުޅުން ކަނޑައެޅިގެން ނުކުޅެދިފައި ތިބެންޖެހޭ ކަމެއް ނޫނެވެ. އަމިއްލަ މަސައްކަތް ރައްކާތެރިކުރުމަށާއި، ޙައްޤުތައް ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.
ރައްކާތެރިކަމުގެ އިރުޝާދުތައް: އޭ.އައި އިން ނަހަމަ ގޮތުގައި މަސައްކަތް ބޭނުންކުރުން ހުއްޓުވުން
• ކްލޯކިންގް އަދި ވޯޓާކާކް ޓޫލްސް ބޭނުންކުރުން:
o' Glaze' ފަދަ ވަސީލަތްތައް ބޭނުންކުރުމުން ކުރެހުމުގެ ސްޓައިލް އޭ.އައި އަށް ކޮޕީ ނުކުރެވޭ ގޮތަށް ބަދަލުތަކެއް ގެނެސްދެއެވެ.
o' Nightshade' ބޭނުންކުރުމުން އޭ.އައި ޓްރެއިނިންގް އަށް ބުރޫއަރާ ފަދަ 'ޕޮއިޒަން' ޕިކްސެލްތަކެއް ކުރެހުމުގެ ތެރޭގައި ފޮރުވައިދެއެވެ.
o'ArtShield' ފަދަ ޚިދުމަތްތަކުން ލޮލަށް ނުފެންނަ ވޯޓާކާކް ޖަހައިދެއެވެ.
• އޮންލައިންކޮށް ހިއްސާކުރާ މިންވަރު މަދުކުރުން:
o އޮންލައިންކޮށް ފޮޓޯ ހިއްސާކުރާއިރު ކޮލިޓީ ދަށްކޮށްލުމުން އޭ.އައި އަށް އެ ބޭނުންކުރަން އުނދަގޫވާނެއެވެ.
o އަމިއްލަ ވެބްސައިޓުގައި 'robots.txt' ފައިލް މެދުވެރިކޮށް 'GPTBot' ފަދަ ބޮޓްތައް ބްލޮކް ކުރެވިދާނެއެވެ.
• އުޞޫލުތައް އިޞްލާޙުކުރުން:
o ވެބްސައިޓާއި ކޮންޓްރެކްޓްތަކުގައި "އޭ.އައި ތަމްރީނުކުރުމަށް ބޭނުންކުރުން މަނާ" ކަމުގެ މާއްދާއެއް ހިމަނާށެވެ.
• މަޢުލޫމާތު ހޯދައި އަޑުއުފުލުން:
o އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި އުފެއްދުންތެރިންގެ މަސައްކަތާއި ސިފަ ރައްކާތެރިކުރުމަށް އައު ޤާނޫނުތަކެއް ހެދުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.
ކުރިއަށް އޮތް ތަން
ގިނަ ޓެކްނޮލޮޖީތަކެކޭ އެއްފަދައިން، އޭ.އައި އަކީ އޭގެ ޒާތުގައި ރަނގަޅު ނުވަތަ ނުބައި އެއްޗެއް ނޫނެވެ. އެއީ އެ ބޭނުންކުރާ ގޮތެއްގެ މައްޗަށް ބިނާވާ ކަމެކެވެ.
ކުދި ވިޔަފާރިވެރިންނަށް މިއީ ވަރަށް ބޮޑު ފުރުޞަތެކެވެ. ވަގުތު ސަލާމަތްކުރުމާއި، ބޮޑެތި ކުންފުނިތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމުގެ ފުރުޞަތެވެ. ނަމަވެސް، އިތުބާރު ގެއްލުމާއި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހުރި ފަރަގު ބޮޑުވުމާއި، އަޚްލާޤީ މައްސަލަތަކާއި، އަދި އުފެއްދުންތެރިކަމަށް އޮތް ނުރައްކަލަކީވެސް ދެބަސްވެވެން ނެތް ޙަޤީޤަތްތަކެކެވެ.
މި ހުރިހާ ކަމެއްވެސް ހިނގަމުންދާނީ އެކުއެކީގައެވެ. މުހިންމު ކަމަކީ، ވިޔަފާރިވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ހޭލުންތެރިވެ ތިބުމާއި، އަމިއްލަ މަސައްކަތް ރައްކާތެރިކުރުމާއި، އަދި އޭ.އައި ބޭނުންކުރާއިރު އަޅުގަނޑުމެންގެ އުފެއްދުންތެރިކަމާއި އަގުތަކަށް އުނިކަން ނާންނާނެ ގޮތަކަށް، އަޅުގަނޑުމެން ބޭނުންވާ އުޞޫލުތަކުގެ ތެރެއިން އެކަން ކުރުމެވެ.
މިއީ އެލީސިއަމް ލައިފްސްޓައިލް މެގަޒިންގެ ގަވާއިދުން ލިޔުއްވަމުންގެންދަވާ ތަޖުރިބާކާރު އަމަންޑާ ހިއުސްގެ ލިޔުއްވާފައިވާ ލިޔުމެއް އަސްލެއް ބަލައިގެން އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. އޭނާއަކީ ކުދި ވިޔަފާރީގެ ދާއިރާގައި އިތުބާރު ހޯދާފައިވާ، ދެ ކުދިންގެ މަންމައެއްގެ އިތުރުން ދެ ވިޔަފާރިއެއް ކާމިޔާބުކަމާއެކު ބިނާކޮށްފައިވާ ތަޖުރިބާކާރު ވިޔަފާރިވެރިއެކެވެ. އަމަންޑާއަކީ އެމެޒޯންގެ އެންމެ ގިނައިން ވިކޭ 'ސޯޝަލް މީޑިއަރ ޕްލޭނަރ' ގެ މުޞައްނިފެވެ. އަދި 'ދަ ގްރޯވތު އެޑިކްޓްސް ޕޮޑްކާސްޓް' ގެ ހޯސްޓްގެ އިތުރުން 'ގެޓް ސީން ގެޓް ސޭލް' ކޮމިއުނިޓީގެ ފައުންޑަރެވެ. އޭނާގެ މަޤްޞަދަކީ ކުދި ވިޔަފާރިވެރިންނަށް ސޯޝަލް މީޑިއާއަކީ ފަސޭހަ، މަޖާ އަދި ފައިދާހުރި އެއްޗަކަށް ހަދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު