އިންޑިއާގެ ޗައްތީސްގަޅުގެ ޓްރައިބަލް އަންހެނަކު، އޭނާގެ 90 އަހަރުގެ މައިދައިތަ ބުރަކަށީގައި އުފުލައިގެން 500 ރޫޕީސްގެ ޕެންޝަން ފައިސާ ހޯދަން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
މިދިޔަ ހަފުތާގައި އާންމުވި މި ވީޑިއޯއިން ފެންނަނީ، ޕެންޝަން ފައިސާ ނެގުމަށްޓަކައި ބޭންކަށް ދިއުމަށް، އެ އަންހެންމީހާ އޭނާގެ މައިދައިތަ ގޮވައިގެން ގާތްގަނޑަކަށް 3 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކުރަމުން ދަނިކޮށެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ނިޒާމުގައި ހުރި އިހުމާލުތަކާއި، ކަރުދާހުގައި އޮންނަ ތަރައްޤީގެ މަޝްރޫއުތަކާއި ބިމުގެ ހަޤީގަތާ ދެމެދު އޮތް ބޮޑު ފަރަގަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އިންޑިއަން ނޭޝަނަލް ކޮންގްރެސް ގެ ޗައްތީސްގަޅު ގޮފިން އެކްސްގައި މި ވީޑިއޯ ހިއްސާކުރަމުން ބުނެފައިވަނީ، މިއީ ރައްޔިތުންގެ ނިކަމެތިކަމާއި ބީޖޭޕީ ސަރުކާރުގެ އިހުސާސްތެރިކަމެއް ނެތްކަން ހާމަވާ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެއްކޮޅުން މަރުކަޒީ ދާޚިލީ ވަޒީރާއި ސްޓޭޓް ސަރުކާރުން ޓްރައިބަލް ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާ ކަމަށް ބުނެ ބޮޑެތި ތަޤުރީރުތައް ކުރަމުންދާއިރު، 90 އަހަރުގެ މުސްކުޅި އަންހެނަކު އޭނާގެ ހައްޤު ފައިސާ ހޯދުމަށް ކޮންމެ މަހަކު މިފަދަ ހާލެއްގައި ބޭންކަށް އުފުލަން ޖެހުމަކީ ލަދުވެތި ކަމެއް ކަމަށްވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
އުމުރުން 50 އަހަރުން މަތީގެ ސުޚްމަނިޔާ ނަމަކަށް ކިޔާ މި އަންހެންމީހާ ބުނިގޮތުގައި، ކުރިން ބޭންކުގެ މަންދޫބަކު މެދުވެރިކޮށް ގޭގެ ދޮރުމައްޗަށް ޕެންޝަން ފައިސާ ލިބެމުން ދިޔައެވެ. ނަމަވެސް، ކޭ.ވައި.ސީ ފުރިހަމަ ނުވެ އޮތުމުގެ ސަބަބުން ވޭތުވެދިޔަ ތިން ހަތަރު މަހު ޕެންޝަން ނުލިބި މެދުކެނޑުނެވެ. އެހެންކަމުން، އޭނާ ދިރިއުޅޭ ޖަންގަލްޕާރާ އަވަށުން މައިންޕަޓް ސިޓީގައި ހުންނަ ސެންޓްރަލް ބޭންކް އޮފް އިންޑިއާގެ ގޮތްޕަށް ދިއުމަށް އޭނާގެ މައިދައިތަ އުފުލައިގެން 3 ކިލޯމީޓަރަށް ހިނގަން މަޖުބޫރުވީއެވެ.
މިކަމާ ގުޅޭގޮތުން މައިންޕަޓް ޖަންޕަދު ޕަންޗާޔަތުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚުޝްބޫ ޝާސްތުރީ ވިދާޅުވީ، ކޭ.ވައި.ސީ ފޯމުތައް ފުރިހަމަ ނުކުރެވި އޮތުމުން ޖެނުއަރީ މަހުގެ ފަހުން ޕެންޝަން ދޫކުރުން މެދުކެނޑިފައިވާ ކަމަށެވެ. އަދި ސުޚްމަނިޔާ ބޭންކަށް ދިޔައީ ކަމާބެހޭ އެއްވެސް ފަރާތަކަށް އެންގުމަކާ ނުލައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭންކުގެ އިދާރީ ކަންކަން ފުރިހަމަކުރުމާއެކު، ނުލިބި ހުރި ހަތަރު މަހުގެ ޕެންޝަން ފައިސާ (ޖުމްލަ 2،000 ރޫޕީސް) މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ގޭގެ ދޮރުމައްޗަށް ޕެންޝަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު