އިސްލާމިކް ސްޓޭޓް (އައި.އެސް) ގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ރޯޖް ކޭމްޕުގައި ތިބި އޮސްޓްރޭލިއާގެ އަންހެނުންނާއި ކުޑަކުދިންތަކެއް، އެގައުމަށް ގެންގޮސްފިއެވެ.
އޭބީސީ ނިއުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ގުރޫޕުގައި ހިމެނެނީ އޮސްޓްރޭލިއާގެ ރައްޔިތުން ކަމަށްވާ 7 އަންހެނުންނާއި 13 ކުޑަކުދިންނެވެ. މިއީ ސީރިއާގެ އިރުއުތުރުގައިވާ އަލް-ރޯޖް ޑިޓެންޝަން ކޭމްޕުގައި ތިބި އޮސްޓްރޭލިއާގެ އެންމެ ފަހު ރައްޔިތުން ކަމަށް ބެލެވެއެވެ. މި މީހުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޭމްޕުން ނުކުމެ، ސީރިއާ ސަރުކާރުގެ ބެލުމުގެ ދަށުން ދިމިޝްޤަށް ދަތުރުކޮށް، އެނބުރި ޤައުމަށް ދިއުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށްފަހު ވަނީ އެނބުރި އޮސްޓަރޭލިއާ އަށް ގޮސްފައެވެ.
އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވީ، އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެނބުރި ޤައުމަށް އައުމުގެ ޤާނޫނީ ޙައްޤު އޮންނާތީ، އެކަން ދާއިމީކޮށް ހުއްޓުވުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މީހުން އޮސްޓްރޭލިއާއަށް ދިއުމާއެކު، އޭގެ ތެރެއިން ތިން މީހަކު ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭން އެއް އަންހެނަކު ހައްޔަރު ކުރީ ޓެރަރިސް ކަމަކާ ގުޅިންގެން، ދެން ތިބި ދެމީހުން ބަންދުކުރީ ސީރިޔާ ގައި އަޅަކުގެންގުޅެގެންނެވެ. މި މަހުގެ ކުރީކޮޅުވެސް މިފަދަ ގޮތަކަށް އެނބުރި އައި ބައެއް އަންހެނުން ވަނީ އެއާޕޯޓުން ހައްޔަރުކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުމާއި އެފަދަ ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.
އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިހުން ހާމަކުރި ގޮތުގައި، ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއްގައި ބައިވެރިވެފައިވާ މީހަކު ނަމަ، އެ މީހަކާ މެދު ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެއެވެ. މި މީހުން އެނބުރި އައުމާ ގުޅިގެން މެލްބަން އަދި ސިޑްނީގެ އެއާޕޯޓްތަކުގެ ސަލާމަތީ ކަންކަން މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
އައި.އެސްގެ ބެލުމުގެދަށުގައިވާ 4 ރޯޖް ކޭމްޕް އަކީ މިހާރުވެސް ވަރަށް ގިނަ ދިވެހި އަންހެނުންނާއި ކުޑަކުދިން ވެސް ތިބި ކޭމްޕެކެވެ. އެމީހުން ގެނެސް ދިނުމަށް ވޭތު ވެދިޔަ ދެތިން ސަރުކާރުން ފެށިގެން އެމީހުންގެ އާއިލާތަކުން އަންނަނީ އެދެމުންނެވެ. ނަމަވެސް ކޮންމެ ވެރިޔަކުވެސް ވިދާޅުވަނީ ވަރަށް ގާތުން ބަލާކަމަށެވެ. މިއަދުގެ ސަރުކާރުންވެސް ބުނެފައިވަނީ ސީރިޔާ ގައި ވަކި ސަރުކާރެއް ގާއިމުވެފައި ނެތުމުން، ގެނައުމުގެ ކަންކަން ހަމަޖައްސަން ދަތިތަކެއް އެބަހުރިކަމުގައެވެ. މިހާރު ސީރިޔާގައި ސަރުކާރެއްވެސް އުފެދިފައިވާއިރު މިސަރުކާރަށް މިކަމުގައި މަސައްކަތް ކުރެވޭނެ މަގު މިވަނީ ހުޅުވިފައެވެ. ދިވެހި އެތަށް މައިންނާ ކުޑަކުދިންގެ އެދުމަކީ އެނބުރި މިފަސްގަނޑަށް އާދެވޭނެ ގޮތެއް ސަރުކާރުން ހަމަޖައްސާދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު