އިންޑިއާގެ ތާރު ސަހަރާއިން އުފެދުނު ބާރުގަދަ ވެލީގެ ތޫފާނެއް ދިއްލީގެ ސަރަހައްދުތަކަށް އަރާނެކަމަށް ލަފާކުރެވޭތީ، އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ 'ޔެލޯ އެލާޓް' ނެރެފައެވެ. މި ތޫފާނުގެ ސަބަބުން ދުރު ފެންނަ މިންވަރު ކުޑަވެ، ގަދަ ވަޔާއެކު ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ބެލެވެއެވެ.
މިފަދަ ތޫފާންތައް އާންމުކޮށް އުފެދެނީ ރާޖަސްތާނުގެ ހޫނުމިން 44 އާއި 45 ޑިގްރީ ސެލްސިއަސްއަށް މަތިވުމުގެ ސަބަބުން ބިމުގެ ފަސްގަނޑު މާބޮޑަށް ހިކި، ވެލިތައް ބިމުން ނެއްޓި ލުއިވުމުންނެވެ. ވައިގެ މަތީ ފަށަލައިގައި އުފެދޭ ބާރުގަދަ ގުގުރުމުގެ ވިލާތަކުން އަންނަ ފިނި ވައިގެ އޮއިވަރު ބިމުގައި ޖެހުމުން، ބިމުގައި ހުންނަ ވެލިތައް މައްޗަށް އުުފުލި، ބޮޑު ވެލީގެ ފާރެއް ފަދައިން ފެންނަން ފަށައެވެ. މި ވެލިތައް ވަޔާއެކު ދަތުރުކޮށް ދިއްލީ ފަދަ ސަރަހައްދުތަކަށް ފޯރަނީއެވެ.
މި ހާލަތުގައި ސިއްހީ ރައްކާތެރިކަމަށް ސަމާލުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ވެލީގެ ސަބަބުން ވައިގެ ތެރޭގައި ހުންނަ ކުދި ޕާޓިކަލްތައް (ޕީއެމް 2.5 އަދި ޕީއެމް 10) އަށް އިތުރުވެ، ނޭވާލާ ނިޒާމަށް ނުރައްކާވެއެވެ. އެހެންކަމުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި، އެލާޖީ އަދި ހިތުގެ ބަލިތައް ހުންނަ މީހުން ގޭތެރޭގައި މަޑުކޮށް ގޭގެ ކުޑަދޮރުތައް ރަނގަޅަށް ބަންދުކުރަންއެދެއެވެ. އަދިކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އަޅައިގެން ނޫނީ ނުނިކުންނަން ބާރު އަޅައެވެ.
މި ތޫފާނުގެ ސަބަބުން ހޫނުމިން ކުޑަކޮށް ދަށްވި ނަމަވެސް، މިއީ ވަގުތީ ލުޔެކެވެ. މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މެންދަމުން އަލިވުމަށްފަހު މި ހާލަތު އާންމު ހާލަތަކަށް ރުޖޫއަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު