އުޑުމަތީގައި އުފެދިފައިވާ ވިލާތަކުން، މާތްﷲ ގެ އިސްމުފުޅު "ﷲ" ސިފަވަމުންދާ މަންޒަރު
އުޑުމަތީގައި އުފެދިފައިވާ ވިލާތަކުން، މާތްﷲ ގެ އިސްމުފުޅު "ﷲ" ސިފަވަމުންދާ މަންޒަރު
ސޯޝަލް މީޑިއާގެ މަޝްހޫރު އިންފްލުއެންސަރެއް ކަމަށްވާ ޔޫނުސް ޒަރޫ، މާތްވެގެންވާ މައްކާއިން ނަގާފައިވާ އާދަޔާޚިލާފު ހިތްގައިމު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.

މި ވީޑިއޯއިން ފެންނަނީ މައްކާގެ މަޝްހޫރު "މައްކާ ރޯޔަލް ކްލޮކް ޓަވަރު" ގެ މަތިން އުޑުމަތީގައި އުފެދިފައިވާ ވިލާތަކުން، މާތްﷲ ގެ އިސްމުފުޅު "ﷲ" ސިފަވަމުންދާ މަންޒަރެވެ.

މި ބަލައިލަން ހިތްގައިމު އަދި އަސަރުގަދަ މަންޒަރު ފެންނަ ވީޑިއޯ އިންޓަނެޓުގައި ވަރަށް އަވަހަށް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.





​މި އާދަޔާޚިލާފު މަންޒަރު ފެންނަ ވީޑިއޯ އޮންލައިންގައި އާންމުވުމާއެކު، ދުނިޔޭގެ އެކި ކޮޅުތަކުން މިލިއަނަކަށްވުރެ ގިނަ މީހުންނަށް ވަނީ މިކަމުން ބޮޑު އަސަރެއް ކޮށްފައެވެ.

ގިނަ ބަޔަކު މި މަންޒަރުން އާޝޯޚުވެ، މިއީ ހިތްތަކަށް ދިރުންދެނިވި އަދި އީމާންތެރިކަން ވަރުގަދަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ ބެލި ގިނަ އަދަދެއްގެ މުސްލިމުން ދަނީ ކޮމެންޓުތަކުގައި "ސުބްޙާނަﷲ" ކިޔައި، މިއީ ކައުނުގައިވާ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެކިބަހެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު