ނައިޖީރިއާގެ އުމުރުން 70 އަހަރުގެ އަންހެނަކު، މުގައްދަސް ބިމުގައި ނިޔާވެއްޖެ
ނައިޖީރިއާގެ އުމުރުން 70 އަހަރުގެ އަންހެނަކު، މުގައްދަސް ބިމުގައި ނިޔާވެއްޖެ
ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ދިޔަ ނައިޖީރިއާގެ އުމުރުން 70 އަހަރުގެ އަންހެނަކު، މުގައްދަސް ބިމުގައި ނިޔާވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އޭނާ ސައުދީ އަރަބިއްޔާއަށް ދިޔަ ތަނާހެން ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވާން ފެށިއެވެ.

އަދި ހާލަތު ސީރިއަސްވުމާ ގުޅިގެން، ކުއްލި ފަރުވާއަށްޓަކައި ވަނީ ވަގުތުން ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އޮފިޝަލުން ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، ނިޔާވި ހައްޖާޖީގެ ކަށުނަމާދު ބާއްވާފައިވަނީ މަސްޖިދުލް ހަރާމްގައެވެ. މި ކަށުނަމާދުގައި ހަރަމްފުޅުގައި ތިބި އެތައް ހާސް އަޅުވެރިންނެއް ވަނީ ބައިވެރިވެފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނިޔާވި ހައްޖާޖީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި، އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އިޚްލާޞްތެރި ދުއާތަކާއި ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު