މައްކާއާއި މަދީނާ ހިމާޔަތްކުރުމަށްޓަކައި އެއާ ޑިފެންސް އެކްޓިވް ވެއްޖެ
މައްކާއާއި މަދީނާ ހިމާޔަތްކުރުމަށްޓަކައި އެއާ ޑިފެންސް އެކްޓިވް ވެއްޖެ
ސައޫދީ އަރަބިއްޔާއިން ވަނީ ބޭރުގެ ކޮންމެފަދަ ނުރައްކަލަކުންވެސް މައްކާއާއި މަދީނާ ހިމާޔަތްކުރުމަށްޓަކައި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ވަރުގަދަ މަލްޓި-ލޭޔަރޑް (ގިނަ ފަންތިތަކަކަށް ބަހާލެވިފައިވާ) ވައިގެ ދިފާއީ ނިޒާމު އެ ގައުމުގައި ގާއިމުކޮށްފައެވެ. މި ވަރުގަދަ ދިފާއީ ވިއުގައިގެ ތެރޭގައި އެންމެ ޒަމާނީ ފަސް ނިޒާމެއް ހިމެނެއެވެ.





މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ނިޒާމަކީ "ޕެޓްރިއަޓް ޕީއޭސީ-3" އެއާ ޑިފެންސް ސިސްޓަމެވެ. މިއީ ކުރު އަދި މެދުއަދަދެއްގެ ރޭންޖުގެ ބެލިސްޓިކް މިސައިލްތައް ވައިގެ ތެރޭގައި މުޑިއަރުވައި، މުޅިން ހަލާކުކޮށްލުމުގެ ގާބިލުކަން ލިބިގެންވާ ނިޒާމެކެވެ.

ސައޫދީ އަރަބިއްޔާގައި މިފަދަ ސަތޭކަޔަށްވުރެ ގިނަ އިންޓަރސެޕްޓަރ މިސައިލް ހުރެއެވެ. މީގެ އިތުރުން، މައްކާއާއި މަދީނާގެ މައިގަނޑު ދިފާއީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ކަމަށްވާ "ތާޑް" އެއާ ޑިފެންސް ސިސްޓަމެވެ. ދުނިޔޭގެ ޖައްވުގެ އެތެރެއިންނާއި ބޭރުން އަންނަ ދުޝްމަނުންގެ މިސައިލްތައް ވައްޓާލުމުގެ ގާބިލުކަން ލިބިގެންވާ މި ނިޒާމުގެ ފުރަތަމަ ޔުނިޓްތައް ސައޫދީން ވަނީ 2025/2026 އާ ދެމެދު ހަރަކާތްތެރިކުރަން ފަށާފައެވެ.

ވައިގެ ދިފާއީ ބާރުތައް އިތުރަށް ވަރުގަދަކޮށް، ތަފާތު ކުރުމަށްޓަކައި ސައޫދީން ވަނީ ދެކުނު ކޮރެއާއިން އުފައްދާފައިވާ "ކޭއެމް-ސޭމް ބްލޮކް 2 އެއާ ޑިފެންސް ސިސްޓަމްވެސް މި ވިއުގައަށް އިތުރުކޮށްފައެވެ.

މިއީ މަތިންދާބޯޓުތަކާއި މިސައިލްތައް ނައްތާލުމުގައި އާދަޔާޚިލާފު ދުރުމިނަކަށް އަމާޒު ހިފޭ، އެއްތަނުން އަނެއްތަނަށް ފަސޭހައިން އުފުލޭ ނިޒާމެކެވެ.

ހަމައަތާއެކު، ޒަމާނީ ޑްރޯން ޙަމަލާތަކުން ސަލާމަތްވުމަށްޓަކައި ސައޫދީން ބޭނުންކުރަނީ 30 ކިލޯވޮޓްގެ ފައިބަރ-އޮޕްޓިކް ލޭޒާ ސިސްޓަމެކެވެ. މި ލޭޒާ ނިޒާމުގެ އެހީގައި ދުޝްމަނުންގެ ޑްރޯންތައް ސިކުންތުކޮޅެއްގެ ތެރޭގައި އަންދާލައި ބާޒުކޮށްލައެވެ. މި ހުރިހާ ނިޒާމެއްގެ ފަހަތުން، އެންމެ ފަހު ދިފާއީ ރޭންގެއްގެ ގޮތުގައި ހަރަކާތްތެރިވަނީ "ސްކައިގާޑް 35 އެމްއެމް ކެނަންސް"އެވެ.

އެހެން ހުރިހާ ދިފާއީ ނިޒާމުތަކެއް ފޫއަޅުވާލުމަށްފަހު އެއްވެސް މިސައިލެއް ނުވަތަ ޑްރޯނެއް ގާތްވެއްޖެނަމަ، ރޭޑާގެ އެހީގައި މަސައްކަތްކުރާ މި ދެ ބަޑީގެ އެހީގައި، އެ ނުރައްކަލެއް މައްކާ ނުވަތަ މަދީނާގެ ބޯޑަރުގެ ތެރެއަށް ވަނުމުގެ ކުރިން މުޅިން ފުނޑުފުނޑުކޮށްލާނެއެވެ.

މި އިންތިޒާމުތަކާއެކު ސައޫދީ އަރަބިއްޔާއިން ދަނީ ޙައްޖުވެރިންނަށް އަމާން މާހައުލެއް ގާއިމުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު