ޗައިނާގެ އުތުރުގެ ސަރަޙައްދެއްގައި ހުންނަ ކޯލް މައިނެއްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ހަތަރު މަސައްކަތްތެރިން މަރުވެ، 90 އަށްވުރެ ގިނަ މީހުން ބިމުގެ އަޑީގައި ތާށިވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ޗައިނާގައި އެންމެ ފުޅާދާއިރާއެއްގައި ކޯލް ނުވަތަ ދަލިބޮއްކަށް ކޮންނަ އެއް ސަރަޙައްދު ކަމަށްވާ ޝަންޒީ ޕްރޮވިންސްގެ ޗަންގްޒީ ސިޓީގައި ހުންނަ ލިއުޝެންޔޫ ކޯލް މައިންގައެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެ ސަރަޙައްދުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ވަގުތު މައިންގެ ތެރޭގައި ޖުމްލަ 247 މަސައްކަތްތެރިން ހަރަކާތްތެރިވަމުން ދިޔައެވެ. ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް 157 މަސައްކަތްތެރިން ބިމުގެ އަޑިން މައްޗަށް ނެރެވިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދިވެސް ބިމުގެ އަޑީގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި މެދުނުކެނޑި ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް މިހާތަނަށް ބެލެވިފައިވަނީ، މައިންގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކާބަން މޮނޮކްސައިޑް ގޭސް އިތުރުވުމެވެ. ނަމަވެސް، މި ގޭސް އިތުރުވާން މެދުވެރިވި ސީދާ ސަބަބެއް ކަމާބެހޭ އޮފިޝަލުން އަދި ހާމައެއް ނުކުރެއެވެ.
ހާދިސާ ހިނގި ސަރަޙައްދުގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި، މައިން ކޮނުމުގެ ދާއިރާގެ މާހިރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ ބިމުގެ އަޑީގައި ތާށިވެފައި ތިބި މީހުން ދިރިތިއްބާ ސަލާމަތް ކުރުމެވެ.
ޗައިނާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާ ގުޅިގެން ފަހަކަށް އައިސް މިފަދަ ހާދިސާތައް މަދުވެފައިވީ ނަމަވެސް، ކޯލް މައިންތަކުގައި ދޭތެރެއަކުން ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. ކާބަން މޮނޮކްސައިޑަކީ ބަންދުވެފައިވާ ތަންތަނުގައި ފުރާނައަށް ނުރައްކާވާ ފަދަ ވިހަ ގޭހެކެވެ.
މި ހާދިސާއާ ގުޅިގެން ޗައިނާގެ މައިންތަކުގެ ސަލާމަތީ މިންގަނޑުތަކާ މެދު އަނެއްކާވެސް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. މީގެ ކުރިންވެސް މިފަދަ ވިހަ ގޭސް ލީކުވުމާއި ގޮވުންތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެފައެވެ.
ކަމާބެހޭ ފަރާތްތަކުން އަދި ތާށިވެފައި ތިބި މީހުންގެ ހާލަތާ ބެހޭ ތަފްސީލެއް ނުވަތަ އެމީހުން ސަލާމަތް ކުރެވޭނެ ވަގުތެއް ހާމައެއް ނުކުރެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަޙުޤީޤުތައް ފެށުމަށް ހަމަޖެހިފައިވަނީ ސަލާމަތްކުރުމުގެ މަސައްކަތްތައް ނިމުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު