ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނެ ކަމަށާއި، އެ މައްސަލައިގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެންބަރަކު އޭނާއާއެކު ކޮޅަށް ނުތިއްބަވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި އއ. ތޮއްޑޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މަޖިލިސް މެންބަރުންނަށް މަގާމުތައް ލިބެނީ ޕާޓީގެ އުސޫލުތަކަށް ތަބާވުމުން ކަމަށާއި، މަގާމެއްގައި ހުންނަ މީހެއްގެ އިތުބާރު ގެއްލިއްޖެ ނަމަ ނިޒާމުގެ ތެރެއިން އެ މީހަކު ވަކިކުރަންޖެހޭނެ ކަމަށެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ ނާޒިމް މަގާމުން ވަކިކުރަން އުޅޭ ކަމަށާއި، ނާޒިމްއާއެކު ޕީއެންސީގެ 23 މެންބަރަކު ތިއްބެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން އުޅެނީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދިއުމަށް ޕީއެންސީގެ މެންބަރުންނާ ގުޅިގެން ނާޒިމް މަސައްކަތްޕުޅު ފެއްޓެވުމުންނެވެ.
ނަމަވެސް، ޝުޖާއު ވަނީ މިކަމުގެ ތެރެއަށް އެމްޑީޕީން ވަންނަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ނާޒިމް ވެސް ޕީއެންސީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީން ހުށަހެޅި ގަރާރުގައި 73 މެންބަރުން ސޮއިކުރައްވާފައިވާއިރު، މި މައްސަލައިގައި މި ހަފްތާގެ މަޖިލިސް ޖަލްސާގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު