'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އާއި މުހައްމަދު ޝާހްޒާން މިނިވަންކުރުމަށް ގޮވާލައި ބޭއްވި ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ހުރިހާ އެންމެން ވަގުތުން ދޫކޮށްލުމަށް ލީވާން ގޮވާލައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ލީވާން ވަނީ، އެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ލޫކަސް، ހުސައިން، ޝާމިން، މުޝައްފައު، ހަލީމަތު އަދި މާނިއު އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
މީގެ އިތުރުން، ފާއިތުވި 10 ދުވަހަކީ އޭނާގެ އާއިލާއަށް ކުރިމަތިވި ދަތި ދަނޑިވަޅެއްކަން ފާހަގަކުރަމުން، އެ މުއްދަތުގެ ތެރޭގައި އާއިލާއަށް ގުޅައި، ހާލުބަލައި އަދި ހިތްވަރު ދެއްވި އެންމެހާ ފަރާތްތަކަށް ލީވާން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ނޫސްވެރިންގެ ހައްގުތަކަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅެމުންދާ ކަމަށް ބުނެ، މީޑިއާ ބޭފުޅުންނާއި އާންމުންގެ މެދުގައި ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދެމުންނެވެ. އަދި ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކެމްޕޭން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

އަޅުގަނޑާއި @MohamedShahzan މިނިވަންކުރަން ގޮވާލައި ކުރި މުޒާހަރާއިން ހައްޔަރުކުރި ލޫކަސް، ހުސައިން، ޝާމިން، މުޝައްފައު، ހަލީމަތު އަދި މާނިއު ވަގުތުން ދޫކޮށްލާ!
— Mr Leevaan (@MrLeevaaan) May 22, 2026
މިދިޔަ 10 ދުވަހު އަޅުގަނޑުގެ އާއިލާއަށް ގުޅައި ހާލު ބަލައި ހިތްވަރު ދެއްވި އެންމެންނަށް ޝުކުރިއްޔާ! #FreeShahzan
މީގެ އިތުރުން، ފާއިތުވި 10 ދުވަހަކީ އޭނާގެ އާއިލާއަށް ކުރިމަތިވި ދަތި ދަނޑިވަޅެއްކަން ފާހަގަކުރަމުން، އެ މުއްދަތުގެ ތެރޭގައި އާއިލާއަށް ގުޅައި، ހާލުބަލައި އަދި ހިތްވަރު ދެއްވި އެންމެހާ ފަރާތްތަކަށް ލީވާން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ނޫސްވެރިންގެ ހައްގުތަކަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅެމުންދާ ކަމަށް ބުނެ، މީޑިއާ ބޭފުޅުންނާއި އާންމުންގެ މެދުގައި ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދެމުންނެވެ. އަދި ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކެމްޕޭން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.
ކިޔުންތެރިންގެ ހިޔާލު