ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން، ކުރިއަށް އޮތް ރެއާއި މާދަމާ ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ އއ. އަތޮޅަށެވެ. އެ އަތޮޅަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
މެޓް އޮފީހުން ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ވާރޭވެހި ގުގުރުމާއެކު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. ނަމަވެސް، ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 23، 24 އަދި 25 ވަނަ ދުވަހާ ހަމައަށް ކަނޑުދަތުރުފަތުރު ކުރެވޭ ވަރަށް މޫސުން ކުޑަކޮށް އަމާންވެ، ކަނޑުތައް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މޫސުން މިދުވަސްވަރު ގޯސްވުމުގެ ސަބަބުން، ހުރިހާ ފަރާތްތަކުންވެސް، ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްވެސް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު