މީސެލްސް ނުވަތަ ހިމަބިއްސަށް ފައްސިވެފައިވާ އިތުރު 2 މީހަކު ރާއްޖެއިން ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ ހަފުތާގައި މާލޭ ސަރަޙައްދުން ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދުވެސް އިތުރު ދެމީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމުލަ ހަތް ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މި ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނެއެވެ.
ހިމަބިހި ޖެހިފައިވާ ބަލިމީހުން ފެންނަމުންދާތީ، ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އެމީހުންނާއި ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. އަދި މި ވޭދަނަތައް މޮނިޓަރކޮށް ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި، ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. ހިމަބިހީގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.

🚨 Measles Situation Update – Maldives
— Health Protection Agency (@HPA_MV) May 20, 2026
Measles is a highly contagious disease that can spread quickly through coughing and sneezing. Protect yourself and your loved ones by staying alert to symptoms and taking preventive measures.
If you experience symptoms such as fever,… pic.twitter.com/sToibC9Ob6
ހިމަބިހި ޖެހިފައިވާ ބަލިމީހުން ފެންނަމުންދާތީ، ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އެމީހުންނާއި ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. އަދި މި ވޭދަނަތައް މޮނިޓަރކޮށް ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި، ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. ހިމަބިހީގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު