ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) ގެ ޑިވެލޮޕްމެންޓް ޕާޓްނަރގެ ގޮތުގައި ވެފައިވާ އެއްބަސްވުން އަނެއްކާވެސް އާކޮށްފިއެވެ.
މި ޕާޓްނަރޝިޕްގެ ދަށުން، ގައުމީ ޖޫނިއާ އަދި ސީނިއާ ސަރފިންގ ޓީމުތަކުގެ ރަސްމީ ސްޕޮންސަރގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި އަހަރަކު އެއްފަހަރު ބާއްވާ "ނޭޝަނަލް ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕް" އަށް ވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނަރޝިޕް ގާއިމުކުރީ 2022 ވަނަ އަހަރުގައެވެ. އަދި 2024 ވަނަ އަހަރު މި އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކޮށްފައި ވެއެވެ. ބޭންކުން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މެދުކެނޑުމެއްނެތް މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން، ބޭންކުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން "ސްޕޯޓްސް ސްކޮލަރޝިޕް" ޕްރޮގްރާމެއް ވެސް ދަނީ ހިންގަމުންނެވެ. މި ސްކޮލަރޝިޕް އެންމެ ފަހުން ލިބިފައިވަނީ ސަރފިންގ ދާއިރާގެ ގައުމީ އެތްލީޓަކަށެވެ
މި ބައިނަލްއަގުވާމީ ސްކޮލަރޝިޕްގެ ދަށުން، އެ އެތްލީޓުގެ ހުނަރު އިތުރަށް ތަރައްގީކުރުމަށްޓަކައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ފުރިހަމަ ތަމްރީނުތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު