ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އިނގިރޭސިވިލާތުގެ ޕޯލް ތޯމަސް ޕޯލް ސްމޯލީ، އެ އެސޯސިއޭޝަނުން 1.2 މިލިއަން ޑޮލަރު ހޯދަން ހުށަހެޅި މައްސަލަ ފީފާގެ ފުޓްބޯލް ޓްރައިބިއުނަލްގެ ޕްލޭޔާސް ސްޓޭޓަސް ޗެމްބަރަށް އެފްއޭއެމް ކޮޅަށް ނިންމައިފިއެވެ.
މި މައްސަލައަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގެ ފަހުކޮޅުގައި، މަހަކު ގާތްގަނޑަކަށް 20،000 ޑޮލަރުގެ މުސާރައަކަށް ސްމޯލީ ހަމަޖެއްސި ހިސާބުން އުފެދުނު މައްސަލައެކެވެ. ސްމޯލީ މިދިޔަ އަހަރުގެ މެދުތެރޭގައި ފީފާއަށް މައްސަލަ ހުށަހަޅައި، ފަސް އަހަރުގެ މުސާރައަށްވާ 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ހޯދުމަށް ވަނީ ޑިމާންޑް ކޮށްފައެވެ.
އެފްއޭއެމުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްމޯލީ ހުށަހެޅި މި މައްސަލަ ފީފާގެ ޗެމްބަރުން ނިންމާފައިވަނީ އެ އެސޯސިއޭޝަނާ އެއްކޮޅަށް ކަމަށެވެ. މިއީ އެފްއޭއެމަށާއި ދިވެހި ފުޓްބޯޅައިގެ ދިގު މުއްދަތުގެ މާލީ މަސްލަހަތުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ވަނީ ސިފަކޮށްފައެވެ.
"މި ނިންމުމަކީ އެސޯސިއޭޝަނަށާއި ދިވެހި ފުޓްބޯޅައިގެ ދިގު މުއްދަތުގެ މާލީ މަސްލަހަތުތަކަށް ލިބުނު މުހިންމު ނަތީޖާއެއް،" އިނގިރޭސި ބަހުން ނެރުނު އެ ބަޔާނުގައި އެފްއޭއެމުން ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި 15،000 ޑޮލަރުގެ މުސާރައެއްގައި ހުރެ، އެ ގައުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށްފަހު ސްމޯލީ ރާއްޖެއާ ގުޅުނީ ޖުލައި 2023 ގައެވެ. ނަމަވެސް، މަގާމާ ހަވާލުވުމަށްފަހު ވެސް ކުރާނެ މަސައްކަތެއް ނެތި ގާތްގަނޑަކަށް ހަތަރު މަހުގެ މުއްދަތެއް އޭނާ ހޭދަކުރީ ރާއްޖޭން ބޭރުގައެވެ.
އެފްއޭއެމުން ސްމޯލީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހެދި ނަމަވެސް، އެއްބަސްވުމަށް އަހަރެއްވީތަނާ އޭނާ ވަނީ ރާއްޖޭގެ މަގާމުން ވަކިވެފައެވެ. އޭރު އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވެފައިވަނީ، ސްމޯލީއާއެކު ސޮއިކުރީ ގަތަރު އެފްއޭއިން މުސާރަ ދޭ ގޮތަށް އަހަރުން އަހަރަށް އާކުރާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އޭނާ ރާއްޖެ ދޫކޮށް ދިޔައީ އެއްބަސްވުން ހަމަވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު