ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވި ކަމަށް ބުނެ ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ގުޅިގެން ކުރި މުޒާހަރާތަކުން ހައްޔަރުކުރި މީހުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ތަހުގީގެއް ފަށައިފިއެވެ.
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކާ ގުޅިގެން، މޭ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު މި އަމުރަކީ އެ ނޫހުން މާޗް 28 ގައި ނެރުނު ޑޮކިއުމަންޓްރީއަކާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ނުވަތަ އެ ވީޑިއޯ ފެތުރުން މަނާކޮށް ނެރުނު އަމުރެކެވެ.
މި އަމުރާ ޚިލާފުވި ކަމަށް ބުނެ، 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކުރީ މިދިޔަ މޭ 19 ވަނަ ދުވަހުއެވެ. ޝަހުޒާން ޖަލަށްލީ މޭ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުން ޝަހުޒާން ބޭރުކޮށް، ރައީސް އޮފީހުން ވަނީ 'އަދަދު' ނޫހަށް އެއޮފީހުގެ ނޫސް ކޮންފަރެންސްތަކެއް ބޭންކޮށްފައެވެ. ލީވާން ޖަލަށްލީ އެ އަމުރާ ގުޅޭގޮތުން ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ.
ނޫސްވެރިންތަކެއް ބަންދު ކޮށްފައިވަނިކޮށް އެޗްއާރްސީއެމުން ހޯމަ ދުވަހުގެ ރޭ ބުނީ، ޖަލުގައި ތިބި ދެ ނޫސްވެރިންނާއި ފުލުހުންގެ ބަންދުގައި ތިބި މުޒާހަރާގެ ބައިވެރިންނާ ބައްދަލުކޮށް، އެމީހުންގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި އެމީހުން ފާހަގަކުރި ކަންބޮޑުވުންތަކަށް ބަލައި، ތަހުގީގެއް ހިންގަން ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.
"ކޮމިޝަނުން ކުރި ޒިޔާރަތްތަކުގައި އެ ފަރާތްތަކުން ފާހަގަކުރި ކަންތައްތަކުގެ މައްޗަށް ބިނާކޮށް ބަލަންޖެހޭ ކަންކަން ބެލުމަށް ކޮމިޝަނުން ވަނީ ނިންމާފައި،" އެޗްއާރްސީއެމްގެ ޕޯސްޓުގައިވެއެވެ.
ނޫސްވެރިން ޖަލަށްލުމާ ގުޅިގެން އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން މާލޭގެ މަގުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވާއިރު، ފުލުހުން ވަނީ މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށްފައެވެ.
މުޒާހަރާއިން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި މަޝްހޫރު މީސްމީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު