ކައުންސިލެއް ނެތް ހދ. ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ދެން ފޯރުކޮށްދޭނީ އެ އަތޮޅު ހަނިމާދޫ ކައުންސިލުން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ހިރިމަރަދޫގެ އާބާދީ މަދުވުމުގެ ސަބަބުން، އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ނިންމާފައިވާތީއެވެ.
އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ، ހިރިމަރަދޫ ކައުންސިލް އިދާރާގައި މިވަގުތު ތިބޭނީ ހަމައެކަނި އިދާރީ މުވައްޒަފުން ކަމަށެވެ. ނަމަވެސް އެ މުވައްޒަފުންނާއި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ދެން ލިބިގެންދާނީ ހަނިމާދޫ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ދަތި ކަމެއް ނެތި، ކުރިން ވެސް ލިބުނު ގޮތަށް ހުރިހާ ހިދުމަތެއް ރައްޔިތުންނަށް ލިބޭނެ،" އޮފިޝަލް ވިދާޅުވިއެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ރަށު މީހުންނަށް ބޭނުންވާ ހައުސިން ޔުނިޓްތަކާއި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމަށް ސަރުކާރުން ވަނީ އެޗްޑީސީއާ ހަވާލުކޮށްފައެވެ. މި މަސައްކަތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
މި ބަދަލާ ގުޅިގެން، ދާދިފަހުން ބޭއްވުނު ކައުންސިލް އިންތިހާބުގައި ހިރިމަރަދުއަށް ވަކިން ކައުންސިލަރުން އިންތިހާބުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ރަށުގެ ރައްޔިތުން މިފަހަރު ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލަށް މެންބަރުން ހޮވުމަށެވެ.
މި ނިންމުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، ވަސީލަތްތައް އެއްފުރާޅެއްގެ ދަށުން ބޭނުންކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު