ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން، ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރ ނުވަތަ "މޯލްޑިވްސް އޭއައި ލެބް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކުރިއަށްގެންދާ "ކޯ.ލެބް 26" އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ލެބް އިފްތިތާހުކޮށްދެއްވީ ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މިއަދު ފެށުނު "ކޯ.ލެބް 26" އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭނެ ގައުމީ އުސޫލުތަކާއި އިސްތިރާތީޖީތައް ކަނޑައެޅުމަށްޓަކައި ބާއްވާ ހަތަރު ދުވަހުގެ ގައުމީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސަރުކާރުގެ އިސްވެރިންނާއި، އަމިއްލަ ވިޔަފާރިތަކާއި، ފަންނީ މާހިރުންގެ އިތުރުން ސޮފްޓްވެއަރ ޑިވެލޮޕަރުން ބައިވެރިވެއެވެ.
ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާތަކަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. މީގެއިތުރުން ޑޭޓާގެ ތައްޔާރީތަކާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މި ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ. މި ހެކަތަން ދެ ޓްރެކަކަށް ބަހާލެވިފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ބާއްވާ "އެޕްލައިޑް އޭއައި ޓްރެކް" އާއި، ބީއެމްއެލްގެ 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން މާލީ ދާއިރާއަށް އާ އީޖާދުތައް ތައާރަފުކުރުމަށް ބާއްވާ "ފިންޓެކް އިނޮވޭޝަން ޓްރެކް" ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އޭއައިގެ ސަބަބުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި، ސްކޭމްތައް ހުއްޓުވުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. "ޓެކްނޮލޮޖީއަކީ މިހާރު ހަމައެކަނި މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެއް ނޫން. އެއީ އިގްތިސާދީ ބައިވެރިވުން ބައްޓަންކުރަމުންދާ މުހިންމު ވަސީލަތެއް." ޝަރީފް ވިދާޅުވިއެވެ.
މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ސަރުކާރުތައް ހިންގުމަށާއި އިގްތިސާދަށް އޭއައިގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާނެ ކަމަށެވެ. މި ސެންޓަރުގެ ސަބަބުން ދިވެހި ހުނަރުވެރިން ބިނާކުރުމަށާއި، ގައުމީ ފެންވަރުގައި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އޭއައި ކޮންސެޕްޓްތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
"މޯލްޑިވްސް އޭއައި ލެބް" ވެގެންދާނީ ރާއްޖޭގެ ޑިޖިޓަލް ބަދަލުތަކުގެ ބިންގަލަށް ކަމަށާއި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ފަރާތްތަކުން ވަނީ ފާހަގަކުރަށްވާފައެވެ.

Mohamed Shareef, CEO of @bankofmaldives, delivers remarks at Co.Lab26.
— Colab (@colabmv) May 18, 2026
He highlights the event as a collective effort to strengthen national AI capability and help the Maldives shape its digital future through innovation & collaboration.#CoLab26 #BML #MINDCo #Maldives2Point0 pic.twitter.com/mb00ZpdFLD
މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ސަރުކާރުތައް ހިންގުމަށާއި އިގްތިސާދަށް އޭއައިގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާނެ ކަމަށެވެ. މި ސެންޓަރުގެ ސަބަބުން ދިވެހި ހުނަރުވެރިން ބިނާކުރުމަށާއި، ގައުމީ ފެންވަރުގައި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އޭއައި ކޮންސެޕްޓްތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
"މޯލްޑިވްސް އޭއައި ލެބް" ވެގެންދާނީ ރާއްޖޭގެ ޑިޖިޓަލް ބަދަލުތަކުގެ ބިންގަލަށް ކަމަށާއި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ފަރާތްތަކުން ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު