ސައުދީގައި މި އަހަރުގެ އަޟްޙާ ޢީދު މޭ 27 ވާ ބުދަ ދުވަހު ފާހަގަކުރަނީ
ސައުދީގައި މި އަހަރުގެ އަޟްޙާ ޢީދު މޭ 27 ވާ ބުދަ ދުވަހު ފާހަގަކުރަނީ
މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު (ބޮޑު ޢީދު) އެ ޤައުމުގައި ފާހަގަކުރާނީ މޭ މަހުގެ 27 ވާ ބުދަ ދުވަހުކަމަށް ސައުދީން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން މި ނިންމުން ނިންމާފައިވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު ސައުދީ އަރަބިއްޔާއަށް ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވާތީއެވެ. ހަނދު ފެނުމާ ގުޅިގެން، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ މޭ މަހުގެ 18 ވާ ހޯމަ ދުވަސް ކަމުގައި ވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ޙައްޖުވެރިން ޢަރަފާތް ބިމުގައި މަޑުކުރާ، ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރާ ޢަރަފާތު ދުވަހަކީ މޭ މަހުގެ 26 ވާ އަންގާރަ ދުވަސް ކަމުގައި ވެސް ސައުދީ ސުޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.

މި ނިންމުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން މިހާރު އަންނަނީ ބޮޑު ޢީދާއި ޙައްޖުގެ އަޅުކަމަށް ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު