މިއީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަމިއާނާ އަވަށު ގައި 13 މޭ ވީ ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ކުރި ބާރުގަދަ ވިއްސާރައިގެ ތެރޭގައި، ވައިގެ ތެރެއަށް އުދުއްސައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބުނު ބަރޭލީގެ އުމުރުން 50 އަހަރުގެ ނަންހޭ މިއާން ކިޔައިދިން ބިރުވެރި ތަޖުރިބާއެވެ.
މި ހާދިސާ ހިނގާފައިވަނީ ނަންހޭ މިއާން މަސައްކަތް ކުރަމުން ދިޔައީ ކައިވެނި ހަފްލާތައް ބާއްވާ މާލަމެއްގެ ޓިނު ޝެޑު ބާރު ވަޔާ އެކު އެއްލާލަފާނެތީ އެ ހިފަހައްޓަން އުޅުނު ވަގުތުއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އޭނާ ޝެޑުގައި އައްސާފައި އޮތް ވާގަނޑެއްގައި ހިފަހައްޓައިގެން ހުއްޓާ، ކުއްލިއަކަށް އައި ބާރުގަދަ ވައިރޯޅިއަކާއެކު އޭނާ އާއި އެ ޝެޑު އެކުގައި ވައިގެ ތެރެއަށް އުދުއްސައިގެން ދިޔައީއެވެ.
އޭނާ ވިއްސައިގެން ގޮސް ވެއްޓުނީ ބޮޑު ސަރަހައްދެއް ހުރަސްކޮށް، ކައިރީގައި އޮތް ދަނޑަކަށެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
އާއިލާއިން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައިރު، ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އޭނާގެ އެއް އަތާއި އެއް ފައިގެ ކަށިގަނޑު ވަނީ ބިނދިފައެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމްތައް ލިބިފައިވެއެވެ. ނަންހޭ މިއާން އަކީ އީ-ރިކްޝާ ދުއްވައިގެން އާމްދަނީ ހޯދާ މީހެކެވެ. އޭނާގެ އާއިލާގައި އަންބަކާއި، ދެ އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން ހިމެނެއެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ 17 އަހަރެވެ.
މި ބިރުވެރި ހާދިސާ ހަނދާންކުރަމުން ނަންހޭ މިއާން ބުނީ، ބުދަ ދުވަހުގެ ހަވީރު މޫސުން ކުއްލިއަކަށް ގޯސްވިއިރު، އޭނާ އެތަނަށް ދިޔައީ އޭނާގެ އީ-ރިކްޝާގައި މުދާ ބަލައި ކަމަށެވެ.
"ތޫފާން ވަރަށް ބާރުގަދަވެ، ޓިނު ޝެޑު ނެއްޓެން ފެށި. އަހަރެން ހީކުރީ އަހަރެން އެ ހިފަހައްޓާނުލައިފިނަމަ، ވަޔާ އެއްކޮށް އެ ބުރައިގެން ހިނގައިދާނެ ކަމަށް،" އޭނާ ބުންޏެވެ.
"އަހަރެން ވަގުތުން ޝެޑުގައި އައްސާފައި އޮތް ވާގަނޑުގައި ހިފެހެއްޓިން. ނަމަވެސް ވައިގެ ބާރުމިނާއެކު އަހަރެން ވައިގެ ތެރެއަށް އުދުއްސައިގެން ދިޔައީ. ގާތްގަނޑަކަށް 50 ފޫޓު މައްޗަށް އަރައިގެން ގޮސް، ވެއްޓުނީ 100 އެއްހާ މީޓަރު ދުރުގައި އޮތް ދަނޑަކަށް. ބިމުގައި ޖެހުނު ވަގުތު ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބުނު."
ނަންހޭ މިއާން ވައިގެ ތެރެއަށް އުދުއްސައިގެން ދިޔަ ވަގުތު، ޖާމިއާ މަސްޖިދު ކައިރީގައި ދިރިއުޅޭ ރަޒާން އަންސާރީ ދިޔައީ، އާދަޔާ ހިލާފު މޫސުމާއި އުޑުމަތީގެ މަންޒަރުތައް ފޯނުން ވީޑިއޯ ކުރަމުންނެވެ.
"ވީޑިއޯ ކުރަމުން ދަނިކޮށް، ކުއްލިއަކަށް ފެނުނީ ޓިނު ޝެޑާއެކު ނަންހޭ މިއާން ވައިގެ ތެރޭގައި އުދުހޭ މަންޒަރު. އަހަރެން ވަގުތުން އެ މަންޒަރު ވީޑިއޯ ކުރިން،" ރަޒާން ބުންޏެވެ.
މި ވީޑިއޯ ފަހުން ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ހުއްޓިފައެވެ.
އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ދޭވްޗާރާގައި ހުންނަ އަމިއްލަ ހޮސްޕިޓަލެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު