ލޯކަލް އިންތިޚާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ކޭއާ ސްޓާމާ މަޤާމުން ވަކިވުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެއެވެ.
އިނގިރޭސި ބޮޑުވަޒީރު ކޭއާ ސްޓާމާ، ހީނަރުވަމުންދާ އޭނާގެ ސަރުކާރު އަލުން ކޮޅަށް ޖެއްސެވުމަށް ވަޢުދުވެވަޑައިގެންފައިވީ ނަމަވެސް، ލޭބަރ ޕާޓީއަށް ލޯކަލް އަދި ރީޖަނަލް އިންތިޚާބުތަކުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އޭނާ މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
ހޮނިހިރު ދުވަހު އިއުލާންކުރި އިންތިޚާބުގެ ފަހުގެ ނަތީޖާތައް ދައްކާގޮތުން، އިންގްލެންޑުގެ އެކި ސަރަހައްދުތަކުން ލޭބަރ ޕާޓީއަށް ވަނީ 1،000 ކައުންސިލް ގޮނޑި ގެއްލިފައެވެ. އަދި 27 އަހަރަށްފަހު ވޭލްސްގެ ވެރިކަންވެސް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. މީގެއިތުރުން، ހިޖުރަކުރުމާ ދެކޮޅު ފިކުރުގެ "ރިފޯމް ޔޫ.ކޭ" ޕާޓީން ވަނީ އިންގްލެންޑުގެ އެކި ސަރަހައްދުތަކުން ގާތްގަނޑަކަށް 1،300 ގޮނޑި ކާމިޔާބުކޮށް، ވޭލްސްއާއި ސްކޮޓްލެންޑުގައި ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދާފައެވެ.
މި އިންތިޚާބަކީ ބޮޑުވަޒީރު ސްޓާމާގެ މަޤްބޫލުކަން ހުރި މިންވަރު ވަޒަންކުރުމަށް ބޭއްވުނު ރިފަރެންޑަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ވެރިކަމަށް އައިތާ ދެ އަހަރުވެސް ނުވަނީސް ސްޓާމާގެ މަޤްބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް، ސްޓާމާ ވިދާޅުވީ ޤައުމު "ހަލަބޮލިކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު" އޭނާ މަޤާމުން ވަކިވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އޭނާގެ ލީޑަރޝިޕަށް ވަގުތުން ގޮންޖެހުމެއް ކުރިމަތިވެފައެއް ނުވެއެވެ.
"ކުރަންވީ އެންމެ ރަނގަޅު ކަމަކީ ސަރުކާރު އަލުން ބިނާކޮށް ކުރިއަށްދާނެ މަގު ދެއްކުން، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑު ކުރާނެ މަސައްކަތަކީ އެއީ." ހޮނިހިރު ދުވަހު ސްޓާމާ ވިދާޅުވިއެވެ.
ލޭބަރ ޕާޓީގެ މެންބަރުން ސްޓާމާ މަގާމުން ވަކިވާނެ ތާރީޚެއް ކަނޑައެޅުމަށް ބާރުއަޅަނީ ސްޓާމާގެ ކެބިނެޓް ވަޒީރުން އޭނާއަށް ތާއީދުކުރައްވާފައިވާއިރު، އޭނާއާ ވާދަކުރައްވާނެ ކަމަށް ބެލެވޭ އެއްވެސް އިސް ސިޔާސީ ބޭފުޅަކު އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް، ލޭބަރ ޕާޓީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ދަނީ މިއަހަރުގެ ތެރޭގައި ސްޓާމާ މަޤާމުން ވަކިވާނެ ތާރީޚެއް (ޓައިމްޓޭބަލެއް) ކަނޑައެޅުމަށް ބާރުއަޅަމުންނެވެ. އިނގިރޭސި ސިޔާސީ ނިޒާމު އޮންނަ ގޮތުން، އާ އިންތިޚާބަކަށް ނުގޮސް ދައުރުގެ މެދުތެރެއިން ޕާޓީގެ ލީޑަރު ބަދަލުކުރުމުގެ ފުރުސަތު އޮވެއެވެ.
ހާލަތު ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ސްޓާމާ ވަނީ ކުރީގެ ލޭބަރ ސަރުކާރުތަކުގެ ދެ ބޭފުޅަކު އަލުން ސަރުކާރަށް ގެންނަވާފައެވެ. އެގޮތުން، ކުރީގެ ބޮޑުވަޒީރު ގޯޑަން ބްރައުން ބައިނަލްއަގުވާމީ މާލީ ކަންކަމާ ބެހޭ ޚާއްސަ މަންދޫބަކަށް އައްޔަންކުރައްވާފައިވާއިރު، ކުރީގެ ޑެޕިއުޓީ ލީޑަރު ހެރިއެޓް ހާމަން އަންހެނުންނާއި އަންހެން ކުދިންގެ ކަންކަމާ ބެހޭ މުޝީރަކަށް ވަނީ އައްޔަންކުރައްވާފައެވެ.
މި އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ނައިޖެލް ފަރާޖްގެ "ރިފޯމް ޔޫ.ކޭ" ޕާޓީންނެވެ. ހަރުކަށި ކަނާތު ފިޔަހުގެ މި ޕާޓީން ވަނީ ލޭބަރ ޕާޓީގެ "ގަނޑުވަރު" ތަކުގެ ގޮތުގައި ބެލެވޭ އިންގްލެންޑުގެ އުތުރުގެ ސިނާއީ ސަރަހައްދުތަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ. ފަރާޖް ވިދާޅުވީ މިއީ އިނގިރޭސި ސިޔާސީ މަސްރަހަށް އައި "ތާރީޚީ ބަދަލެއް" ކަމަށެވެ.
ލޭބަރ ޕާޓީގެ ނާކާމިޔާބީގެ އަސްލަކީ އިޤްތިސާދީ ދަތިކަން، ލޭބަރ ޕާޓީއަށް މިފަދަ ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު އެންމެ ބޮޑު ސަބަބަކީ ޤައުމުގެ އިގްތިސާދީ ހާލަތެވެ. 14 އަހަރުގެ ކޮންޒަވޭޓިވް ވެރިކަން ނިމުމަކަށް ގެނައުމަށްފަހު، ލޭބަރ ޕާޓީއަށް ވަނީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށާއި ހީނަރުވެފައިވާ އިޤްތިސާދު ކުރިއެރުވުމަށް ނުކުޅެދިފައެވެ. ޔޫކްރެއިން އަދި އީރާނާ ގުޅުންހުރި ބައިނަލްއަގުވާމީ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވި އިޤްތިސާދީ ގޮންޖެހުންތަކުގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަމަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ސްޓާމާ ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އާންމުންގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
މީގެއިތުރުން، ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ބުނާ ޕީޓާ މެންޑެލްސަން، އެމެރިކާގައި ހުންނަ އިނގިރޭސި ސަފީރަކަށް އައްޔަންކުރުމަށް ސްޓާމާ ނިންމެވި ނިންމެވުން ފަދަ ކަންކަމުގެ ސަބަބުން ސަރުކާރުގެ އަގު ވަނީ ވެއްޓިފައެވެ. ނަމަވެސް ބައެއް ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި މައްސަލައަކީ ހަމައެކަނި ބޮޑުވަޒީރެއް ނޫނެވެ. ބާންސްލީ ކައުންސިލްގެ ކުރީގެ ލީޑަރު ސްޓީފަން ހޯޓަން ވިދާޅުވި ގޮތުގައި، މިއީ ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި، އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބާކީކޮށްލެވިފައިވާ ސަރަހައްދު ތަކުގައި އުފެދެމުން އައި ނުރުހުމުގެ ނަތީޖާއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސިޔާސަތުތަކަށް ބަދަލު ނުގެނެސް، ހަމައެކަނި ބޮޑުވަޒީރު ބަދަލުކުރުމަކުން ހައްލެއް ނުލިބޭނެއެވެ.
މި އިންތިޚާބުގެ ނަތީޖާއިން ފެންނަނީ، ދިހަވަރަކަށް އަހަރު ވަންދެން ލޭބަރ ޕާޓީއާއި ކޮންޒަވޭޓިވް ޕާޓީން އިނގިރޭސި ސިޔާސީ މަސްރަހުގައި ބާއްވަމުން އައި ބާރު ކުޑަވެ، ސިޔާސީ ގޮތުން ޤައުމު ބައިބައިވަމުންދާ މަންޒަރެވެ. ލިބަރަލް ޑިމޮކްރެޓްސް އާއި "ގްރީން ޕާޓީ" ފަދަ ޕާޓީތަކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ވަކިން ޚާއްސަކޮށް، ތިމާވެށީގެ އިތުރުން އިޖުތިމާއީ އަދާލަތާއި ފަލަސްތީނުގެ ހައްޤުތަކަށް ވަކާލާތުކުރާ ގްރީން ޕާޓީން ވަނީ ލޭބަރ ޕާޓީގެ ބާރުގަދަ ސިޓީތަކުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.
ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ ޕްރޮފެސަރ ޓޯނީ ޓްރެވާސް ވިދާޅުވި ގޮތުގައި، މި ނަތީޖާތަކަށް ބަލާއިރު 2029 ވަނަ އަހަރު ބާއްވާ އާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ފުރިހަމަ އަޤުލަބިއްޔަތެއް ލިބުމަކީ ދުރު ކަމެކެވެ. މީގެ މާނައަކީ، އިންތިޚާބަށްފަހު ދެތިން ޕާޓީއެއް ގުޅިގެން ކޯލިޝަން ސަރުކާރެއް އުފައްދަން މަޖުބޫރުވުމެވެ. މިއީ އިނގިރޭސި ސިޔާސީ ސަގާފަތުގައި ވަރަށް މަދުން ނޫނީ ނުފެންނަ، "އިނގިރޭސި ގޮތް ނޫން" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު