ބިދޭސީންގެ މައްސަލައަކީ ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް ދިގުލީ ގައުމީ މައްސަލައެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމުގެ މުހިންމު ގައުމީ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކާ ހަވާލުކުރެއްވި ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، އެ ވުޒާރާގެ ޓީމާއި ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކަކުން މި މުހިންމު މަގުސަދު ހާސިލުކުރުމަށްޓަކައި، ނުހަނު ސާބިތުކަމާއެކު މެދުކެނޑުމެއްނެތި ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" އަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވަނީ އެ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ފަރުދުންނަށާއި މުއައްސަސާތަކަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ. ހަމައެހެންމެ، ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް މި ދިގުލީ ގައުމީ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ތެރެއިން ހޯއްދެވި ބޮޑު ކުރިއެރުމާއި ކާމިޔާބީއަށްޓަކައި ރައީސް މުއިއްޒަށް ވެސް މިނިސްޓަރު ވަނީ މަރުހަބާ ދަންނަވާފައެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށް ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު މިހާރު ކަށަވަރުކޮށް ނިންމާފައި ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް 6 މަސްދުވަހު ރާއްޖޭހައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު