ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހު މި މީހާ ހައްޔަރުކޮށްފައިވަނީ، އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ޖިންސީ ގޯނާގެ މައްސަލައެއްގެ ތަހުގީގަށް ފަހުގައި ކަމަށެވެ.
ފުލުހުން ބުނީ، ކުޑަކުއްޖަކާ ގުޅުންހުރި މިފަދަ ނާޒުކު އަދި ސީރިއަސް މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު ދަނީ އިތުރު ތަފްސީލުތައް ހޯދައި ތަހުގީގު ކުރިއަށް ގެންދަމުން ކަމަށެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށްވާއިރު، މި ހާދިސާ ހިނގި ރަށާއި އަދި އަނިޔާ ލިބުނު ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު