ރާއްޖޭގެ އިންވެސްޓްމަންޓް ދާއިރާއަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބެމުންދާ ތަރުހީބާއި ސަމާލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލަށް މިފަދަ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ގެ ސަބަބުން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ބޭއްވި 10 ވަނަ ބައިނަލްއަގުވާމީ ފޯރަމްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ފޯރަމްގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މި ބައްދަލުވުމުގައި ޖުމްލަ 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ފަރާތްތަކުގެ 70 އިންސައްތައަށްވުރެ ގިނައީ ބައިނަލްއަގުވާމީ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރާއްޖެއާއި ލަންކާގެ ބޮޑެތި ކުންފުނިތަކާއި، ސަރަހައްދީ ފެންވަރުގައި ނަންކިޔޭ ވިޔަފާރިވެރިން ބައިވެރިވެ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ބަދަލުކޮށްފައިވެއެވެ.
"މި ފޯރަމަށް ސްރީލަންކާއާއި އަވަށްޓެރި ގައުމުތަކުގެ މީޑިއާތަކުން ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދީފައި. މީގެ ސަބަބުން ރާއްޖެއަކީ އިންވެސްޓް ކުރުމަށް ރައްކާތެރި އަދި ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް މަގުބޫލުވެގެން ހިނގައްޖެ،" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ އިސް އެއް އަމާޒަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކޮށް ވަރުގަދަކުރުން ކަމަށްވާއިރު، އިންވެސްޓަރުންނަށް ބޭނުންވާ ފަހި މާހައުލެއް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިންވެސްޓްމަންޓް ގާބިލުކަން ހުރި ދާއިރާތަކާ ބެހޭގޮތުން ބޭރުގެ ފަރާތްތައް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު