މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ނުވަތަ "އެބިއުސް" ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވި ވާހަކަފުޅަށް، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ރައްދު ދެއްވައިފިއެވެ.
ބަންޑާރަނައިބު އުޝާމް އިއްޔެ ވިދާޅުވީ، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މައުލޫމާތު ހޯދުމުގެ ހައްގުގެ ބޭނުން ހިފުމުގެ ނަމުގައި، މިހާރު އޮތް އާރްޓީއައި ގާނޫނުގެ ތެރެއިން އެ ހައްގު "އެބިއުސް" ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި ވާހަކަތަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ، މައުލޫމާތު ހޯދުމުގެ ހައްގު ނަހަމަ ގޮތުގައި ބޭނުންކުރާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އާހިދު ފާހަގަކުރެއްވި ގޮތުގައި، ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭ މައުލޫމާތުތައް ވެސް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން މިހާތަނަށް ފުރިހަމައަށް އާންމުކޮށްފައެއް ނުވެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުން އެފަދަ ވާހަކައެއް ދެއްކެވުމުގެ ކުރިން، އައިކޮމްގައި ހުރި ތަފާސްހިސާބުތަކާއި، އަހަރީ ރިޕޯޓުތަކާއި، ގާނޫނު ތަންފީޒުކުރެވޭ މިންވަރު ބެލުމަށް ހަދާފައިވާ އެސެސްމަންޓްތައް ދިރާސާކުރެއްވުމަށް އޭނާ ވަނީ ދައުވަތު އަރުވާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރު އިތުރަށް ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރުމަކީ ދައުލަތުގެ އިދާރާތަކާއި ރައްޔިތުން ހިމެނޭހެން އެންމެނަށް ވެސް އޭގެ ލާބަޔާއި މަންފާ ލިބޭނެ ކަމެއް ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރު މިހެން ވިދާޅުވެފައި ވާއިރު، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ނުލިބޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ވަކިން ހާއްސަކޮށް ރައީސް އޮފީހުން މައުލޫމާތު ނުދޭ މައްސަލަ ގިނަ ބަޔަކު ފާހަގަކުރެއެވެ.
އައިކޮމްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅުނު 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން އެދުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހެޅި މައްސަލަތަކެވެ. މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދުވަނީ ވެސް ރައީސް އޮފީހަށެވެ. ބައެއް މައްސަލަތަކުގައި މައުލޫމާތު ދިނުމަށް އައިކޮމް އިން އެންގުމުން ވެސް، އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާކަން އެ ކޮމިޝަނުގެ ރިޕޯޓުތަކުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު