މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ "ތިލަމާލެ ބްރިޖު"ގައި އަޑިގުޑަންތަކެއް ހުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ރައްދު ދެއްވައިފިއެވެ.
ބްރިޖުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްޠަލިބް އިއްޔެ ވިދާޅުވީ، ދިވެހި ސަރުކާރުގެ އަމާޒަކީ އިންޑިއާ ސަރުކާރާއި މި މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސްއާ ގުޅިގެން މަސައްކަތް ނުހުއްޓި ވީހާވެސް އަވަހަށް ނިންމާލުން ކަމަށެވެ. މިހާތަނަށް މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވަނީ ކޮންޓްރެކްޓަރަށް ކުރިމަތިވި ބައެއް ދަތިތަކަށް ހައްލު ހޯދުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ދިން އެއްބާރުލުމާ އެކުގައި ކަމަށް މުއްތަލިބް ފާހަގަކުރެއްވިއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބްރިޖުގެ ބެންޑެއް ނުވަތަ އަޑިގުޑަންތަކެއް ހުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"މިއީ ކުރަހާފައި އޮތް ބްރިޖެއް ނޫނޭ، މިއީ ޑިޒައިންކޮށްފައި، އިންޖީނިއާކޮށްފައި އޮތް ޕްރޮޖެކްޓެކޭ. މާނައަކީ ދުރުން ފެންނަ ގޮތަކަށް ނޫނޭ ކޮންމެހެން ހުންނަން ޖެހޭނީއަކީ. އެ ބުނާ ކަހަލަ ޑިޕެއް ނުހުންނާނެ. މިއީ ލެގޯއެއް ގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗާއަކަށް ވާތީވެ، އެ ބުނާ ކަހަލަ ޑިފެކްޓް ހުރިނަމަ ހުރިހާ ސެގްމަންޓެއް އެއްވަރު ވެގެނެއް ނުއެއް ދާނެ." މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދުރުން ފެންނަ ފެނުމަކީ "އިލޫޝަނެއް" ކަމަށާއި، ބްރިޖު ނިމިގެންދާއިރު އެތަން ވެގެންދާނީ އިންޖީނިއަރިންގެ މާވެލްއަކަށް ކަމަށެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ބްރިޖުގެ ބޮޑުބައި ނިންމައި، މާލެއާއި ވިލިމާލެއާ ދެމެދު ދަތުރުތައް ފެށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މުޅި މަޝްރޫއު އެއްކޮށް ނިންމައި ތިލަފުއްޓާ ހަމައަށް ގުޅާލުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.
މި ބިޔަ މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި، އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ.

ކިޔުންތެރިންގެ ހިޔާލު