މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (43އ) - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (43އ) - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
އޮރިޔާން ކާޑު ހަދައި، އެ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައެއް ސާބިތުވި އަންހެނަކު ހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާއާއި، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށާއި، އާންމު މަސްލަހަތަށްޓަކައި ސިއްރު ކޮށްގެންނެވެ. އެހެންކަމުން، މި ކޭސްއާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދައުލަތުން އުފުލި މި ދެ ދައުވާއަށްވެސް ރިޔާސާ ވަނީ ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ. އެހެންކަމުން، ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެއްގެ މަގުން، ޖުމްލަ ހަ އަހަރަށް އޭނާ ޖަލަށްލުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ކުރީގެ ރެކޯޑްތަކަށް ބަލާއިރު، މަރްޔަމް ރިޔާސާއަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި މީގެ ކުރިން ފުލުހުން ހޯދަން އިޢުލާންކުރި މީހެކެވެ. އޭރު އޭނާ ހޯދަން އިޢުލާންކުރީ މައްސަލައާ ގުޅިގެން ފިލައިގެން އުޅޭތީ ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު