ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒުފުކުރި ކަމުގެ ތުހުމަތުގައި، ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ކުރިން ހުންނެވި އައިޝަތު އީޝާ އަޝްރަފު މިއަދު ހަވީރު އަލުން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، އީޝާ ހުޅުމާލެ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.
މިއީ "އަދަދު" ނޫހުން އުފެއްދި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކުރާ ދެވަނަ ފަހަރެވެ.
މި މައްސަލާގައި މީގެ ކުރިން އަންގާރަ ދުވަހުގެ ރޭ 9:00 ގައި ވެސް އީޝާ ވަނީ ފުލުހަށް ހާޒިރުކޮށް، ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ސުވާލުކޮށްފައެވެ.
އެރޭ ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އީޝާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އީޝާއަކީ މި ހާދިސާގައި އަނިޔާ ލިބިފައިވާ "ވިކްޓިމެއް" ކަމަށެވެ.
އަދި މި މައްސަލައިގައި ހިމެނޭ ފިރިހެން މީހާ ކޮށްފައިވާ މެސެޖުތަކާއި ކޯލްތަކުގެ ހެކިތަކާއެކު، ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ފުލުހުންނަށް ހިއްސާކުރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެން މީހާގެ ބަޔާން ފުލުހުން މިހާރު ވަނީ ނަގާފައެވެ.
ނަމަވެސް އެ މީހާ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
މާދަމާ އީޝާ ފުލުހަށް ހާޒިރުވަނީ ކަން ހިނގި ގޮތުގެ ތަފްސީލީ ބަޔާނެއް ދިނުމަށް ކަމަށް ބެލވޭއިރު، އޭނާއަށް ލިބުނު އަނިޔާތަކާއި ފިރިހެން މީހާގެ އަމަލުތައް ހުރި ގޮތް ވަރަށް ސާފުކޮށް ކިޔައިދޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު