ށ. މިލަންދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެންމެ 31 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިލަންދޫ އެއާޕޯޓު މަޝްރޫޢުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އަދި ވަރަށް ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރިއަށްގޮސް، މިމަހުގެ ވަނަ ދުވަހު ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ސައްތައިން ސައްތަ ނިންމާލެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު، އެއާޕޯޓު އެޅުމަށްޓަކައި ޖުމުލަ 21 ހެކްޓަރުގެ ބިން އަލަށް ހިއްކާފައިވެއެވެ. މި އެއާޕޯޓު ތަރައްޤީކުރާ މުޅި ސަރަޙައްދުގެ ބޮޑުމިނަކީ 25.90 ހެކްޓަރެވެ. އަލަށް ހިއްކި ބިމުގެ އިތުރުން، ރަށުގެ ކުރީގެ ބިމުން 4.9 ހެކްޓަރުގެ ސަރަޙައްދެއް ސާފުކޮށް، އެތަނުގައި ހުރި ގަސްތައް ވަނީ ނަގާފައެވެ.
މި ބިޔަ މަޝްރޫޢުގެ ބިން ހިއްކުމަށްޓަކައި ޖުމުލަ 1,134,534 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މި މަސައްކަތް ކުރުމަށްޓަކައި ބޭނުންކޮށްފައިވަނީ 35,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ކުއީން އޮފް ދަ - ނެދަލެންޑްސް" ޑްރެޖަރެވެ.

ކިޔުންތެރިންގެ ހިޔާލު