މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
މި ދުވަހާ ގުޅިގެން ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ މަސައްކަތްތެރިއަކީވެސް ޝަރަފްވެރިއެއް ކަމަށެވެ. އަދި އެއީ މި ޤައުމުން އަގުވަޒަން ކުރާނެ ޚިދުމަތްތެރިންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ މިއަދު މިދެކޭ ކުރިއެރުންތައް މި ޤައުމަށް ގެނެސްދިނީ ހީވާގި މަސައްކަތްތެރިން ކަމަށެވެ. އަދި މާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް އެ މަސައްކަތްތެރިންނަށްކަން ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ މަސައްކަތްތެރިންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް މޭ މަހުގެ ފުރަތަމަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމާއި، ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަން ކުރުމެވެ.

އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ މަސައްކަތްތެރިއަކީވެސް ޝަރަފްވެރިއެއް. މި ޤައުމުން އަގުވަޒަން ކުރާނެ ޚިދުމަތްތެރިއެއް.
— Dr Mohamed Muizzu (@MMuizzu) May 1, 2026
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަނީ،…
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ މިއަދު މިދެކޭ ކުރިއެރުންތައް މި ޤައުމަށް ގެނެސްދިނީ ހީވާގި މަސައްކަތްތެރިން ކަމަށެވެ. އަދި މާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް އެ މަސައްކަތްތެރިންނަށްކަން ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ މަސައްކަތްތެރިންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް މޭ މަހުގެ ފުރަތަމަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމާއި، ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަން ކުރުމެވެ.
ކިޔުންތެރިންގެ ހިޔާލު