ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ (އެސްއެމްޔޫ) އާއެކު ސްޓްރެޓިޖިކް ގުޅުމެއް ގާއިމުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެއެވެ.
މި ގުޅުމުގެ މައިގަނޑު ބޭނުމަކީ ބީއެމްއެލްގެ މުވައްޒަފުންނަށް ބޭނުންވާ ތައުލީމީ އަދި ފަންނީ ކުރިއެރުން ހޯދައިދިނުމެވެ. އެގޮތުން، ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފަރުމާކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި އެސްއެމްޔޫއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ ސަބަބުން، މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފެންވަރު މަތިވެ، ބީއެމްއެލް އެކެޑަމީއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ޕާޓްނަރޝިޕަކީ ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗަރޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މިދަނީ،" ޝަރީފް ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ބީއެމްއެލް އާއި އެސްއެމްޔޫ ގުޅިގެން ވަނީ ކާމިޔާބު މަސައްކަތްތައް ކޮށްފައެވެ. އެގޮތުން ބޭންކުގެ 40 މުވައްޒަފަކު ވަނީ ލީޑަރޝިޕް ޕްރޮގްރާމްތައް ނިންމާފައެވެ. މީގެ ތެރެއިން ސީނިއަރ 20 މުވައްޒަފަކު 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައިވާއިރު، އަނެއް 20 މުވައްޒަފުން ވަނީ ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް 'ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ފުރިހަމަކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ދަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރަމުންނެވެ. މިއީ ބޭންކުން ގެންނަމުން އަންނަ ހެޔޮ ބަދަލުތަކަށާއި، ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، ބޭންކުން ދަނީ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު