– ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
"ޕްރެސާ ވިތު ދަ ސްޕޮކްސް"ގެ ނަމުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުންދު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރާނެ ކަމަށް ބުނެފައިވަނީ މި ސަރުކާރުގެ އިންތިގާލީ މަރުހަލާގައި ކަމަށެވެ. ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކުރައްވާނެ ކަން ރައީސް ޑރ. މުއިއްޒު މިހާރު އިއުލާންކުރައްވާފައިވާ ކަމަށާއި، އެ މަސައްކަތް ރައީސް އޮފީހުން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ހަމައެކަނި ސިޔާސީ މަގާމުތައް މަދުކުރުމެއް ނޫނެވެ.
"ސިޔާސީ މަގާމުތައް ވެސް މަދުވެގެން ދާނެ، އެއާ އެކުގައި އެސްއޯއީތަކުގެ (ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ) މަގާމުތައް ވެސް މަދުވެގެން ދާނެ. އެހިސާބުން ކަންނޭނގެ އަޅުގަނޑުމެން އަދަދުގެ ވާހަކަ ދައްކަން ވާނީ،" މުންދު ވިދާޅުވިއެވެ.
ސިޔާސީ މުވައްޒަފުންގެ މިހާރުގެ ސީދާ އަދަދު ހާމަނުކުރައްވައި މުންދު ވިދާޅުވީ، އެ އަދަދު މިހާރުވެސް ދަނީ ދުވަހުން ދުވަހަށް ބަދަލުވަމުން ކަމަށެވެ.
"އަޅުގަނޑު [އެ އަދަދު] އެނގޭ ނަމަވެސް އަދަދެއް ދަންނަވައިފިއްޔާ ތިބޭފުޅުން ރިޕޯޓްކުރައްވާއިރު، މާދަން އެ އަދަދު އެއަށް ވުރެ މަދުވެފައި އިނދެދާނެ. އޭގެ މާނައަކީ އިޓް އިޒް ނައު ކަރަންޓްލީ އޭޒް ވީ ސްޕީކް ފޯ ދަ ޕާސްޓު ޓޫ ވީކް މި ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި މި ދަނީ އަދަދު މަދުވަމުންނޭ، ބަދަލުވަމުންނޭ،" މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ މައުލޫމާތު ހޯދަން އާރުޓީއައި (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން) ހުށަހަޅަން ނުޖެހޭނެ ކަމަށާއި، އެ އަދަދުތައް ހުރިހާ ރައްޔިތުންނަށް ވެސް ސާފުކޮށް އެނގެން އޮންނާނެ ކަމަށެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ރައީސް މުއިއްޒު ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި 228 މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން މީގެ ކުރިން އިއުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު