ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ 7 އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހު ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ފެށޭ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަދުވެގެން 7 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. ތަރުޖަމާނު ވިދާޅުވީ ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރި ގައުމަށް ވުމާއެކު، މި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ އެންމެ މަތީ ފަންތީގެ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމުގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރާއި، ސަރުކާރުގެ އިސް ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވެސް ތާވަލުކުރެވިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގެ ހަވާސާގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް "ބިޒްނަސް ފޯރަމް" ނުވަތަ "އިންވެސްޓްމަންޓް ފޯރަމް" އެއް ކޮޅަންބުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް އިތުރަށް ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން މިހާރުވެސް ވަރަށް ބަދަހިކޮށް އޮތް ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް އުފުލިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 6 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން، ފާއިތުވި އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ވަނީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު