ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ އަހަރީ ފަރިއްކޮޅު ކުރިއަށްދިޔަ ސަރަހައްދުގައި ބަޑިޖެހި ކަމުގެ ތުހުމަތުކުރެވޭ ކެލިފޯނިއާގެ މީހާ، އެ ހަމަލާގެ ކުރިން ނަގާފައިވާ ސެލްފީއެއް ހިމެނޭހެން އައު ފޮޓޯތަކެއް އާންމުވެއްޖެއެވެ.
ބުދަ ދުވަހު އާންމުކުރި ކޯޓު ލިޔުންތަކުން ފެންނަ ގޮތުގައި، މި ހަމަލާ ދިނުމުގެ ކުރިން އޭނާ ހުރީ ކަޅު ކުލައިގެ ހެދުމެއްގައެވެ. އަދި އޭނާގެ ހަށިގަނޑުގައި ހަތިޔާރު ހަރުކޮށްފައިވާކަން ވެސް އެ ފޮޓޯތަކުން އެނގެއެވެ.
މި ފޮޓޯތަކަކީ، ވޮޝިންގްޓަން ޑީސީގައި ނޫސްވެރިންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވި މި ފަރިއްކޮޅަށް ހަމަލާދިން ކަމުގެ ތުހުމަތުކުރެވޭ ކޯލް ތޯމަސް އެލަންއަށް ކަފާލާތު ދިނުމާ ދެކޮޅަށް ސަރުކާރުން ހުށަހެޅި ލިޔުންތަކުގައި ހިމެނޭ ހެކިތަކެކެވެ. އޭނާގެ މައްޗަށް ވަނީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އުޅުމުގެ ދައުވާއާއި، ނުބައި ނިޔަތެއްގައި އެއް މާލަމުން އަނެއް މާލަމަށް ހަތިޔާރާއި ވަޒަން އުފުލުމުގެ ދައުވާއާއި، އަދި ނުރައްކާތެރި ކުށެއް ކުރުމުގެ ތެރޭގައި ބަޑި ބޭނުންކުރުމުގެ ދައުވާ އުފުލާފައެވެ.
އެސިސްޓަންޓް ޔޫއެސް އެޓާނީ ޗާލްސް ޖޯންސް ވިދާޅުވި ގޮތުގައި، އެލަން ރޭވި ގޮތަށް އެކަން ކާމިޔާބުވި ނަމަ، އެ ދުވަސް ވެގެންދާނީ އެމެރިކާގެ ތާރީޚުގައި ދުށް އެންމެ ކަޅު އެއް ދުވަހަށެވެ. އަދި އޭނާގެ ކުށް ސާބިތުވާނެ ވަރުގަދަ ހެކި އެބަހުރި ކަމަށްވެސް ޕްރޮސެކިއުޓަރު ފާހަގަކުރެއްވިއެވެ.
ކޯޓު ލިޔުންތަކުން އެނގޭ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭގަނޑު 8:03 ހާއިރު، އޭނާ ހުރި ހޮޓަލުގެ ލޯގަނޑު ކުރިމަތީގައި ހުރެ އޭނާ ވަނީ އަމިއްލައަށް ފޮޓޯއެއް ނަގާފައެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއްގައެވެ. އަދި ފަޓުލޫނުގެ ތެރެއަށް ޖަހާފައިވާ ރަތް ކުލައިގެ ޓައީއެއްވެސް ފެންނަން ހުއްޓެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، އެ ފޮޓޯއިން ފެންނަނީ އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ވަޒަން އަޅާފައިވާ ކުޑަ ހަން ކޮތަޅަކާއި، ބަޑި އަޅުވާ ހޯލްސްޓާއަކާއި، އުރައަކަށް ލާފައިވާ ވަޅިއަކާއި އަދި ނަރު ކަނޑާ ކައްޓަރެކެވެ.
މީގެ މަދު މިނެޓުކޮޅެއް ފަހުން، ވޮޝިންގްޓަން ހިލްޓަން ހޮޓަލުގެ ސެކިއުރިޓީ ޗެކްޕޮއިންޓަށް ޝޮޓްގަންއެއް ހިފައިގެން އޭނާ ބާރަށް ވަދެގަތް ކަމަށް ޖޯންސް ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވެއެވެ. އަދި ހަމަލާގައި ބޭނުންކުރި ޝޮޓްގަންގެ އިތުރުން، އޭނާގެ އަތުން ފެނުނު ވަޅިތަކާއި ވަޒަން އަޅާފައިވާ 38-ކެލިބަރގެ ފިސްތޯލައިގެ ފޮޓޯތައްވެސް ހުށަހެޅި ތަކެތީގައި ހިމެނެއެވެ.
އެލަން ސެކިއުރިޓީ ޗެކްޕޮއިންޓް ފަހަނައަޅައި ދިޔުމާއެކު، ސީކްރެޓް ސާވިސްގެ އޭޖެންޓަކު ވަނީ އޭނާގެ ހަތިޔާރު ނަގައި، އެލަންއާ ދިމާލަށް ފަސް ފަހަރު ބަޑިޖަހާފައެވެ. އެއާއެކު އޭނާ ބިމަށް ވެއްޓުމުން ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކުރިއެވެ. ބަޑިޖެހި ނަމަވެސް އޭނާގެ ގަޔަށް ވަޒަނެއް ނާރައެވެ. އޭނާއަށް ލިބުނީ ކަކުލުގެ ކުޑަ އަނިޔާއެކެވެ.
މި މައްސަލައިގައި އޭނާގެ ދިފާއީ ވަކީލުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ޕްރޮސެކިއުޓަރު ޖޯންސް ވިދާޅުވި ގޮތުގައި މިއީ އެމެރިކާގެ ރައީސާއި މީޑިއާގެ އިސްވެރިން ބައިވެރިވި ހަފްލާއަކަށް އަމާޒުކޮށް، ވަރަށް ބޮޑު ނުބައި ނިޔަތެއްގައި ދިން، ޑިމޮކްރަސީއާ ޚިލާފު ސިޔާސީ ހަމަލާއެކެވެ.
އެލަން ވޮޝިންގްޓަނަށް ދިޔައީ ލޮސް އެންޖެލިސްއިން ޝިކާގޯއަށް އަދި އެއަށްފަހު ވޮޝިންގްޓަނަށް ރޭލުގައެވެ. މި ދިގު ދަތުރުގައި އޭނާ ދިޔައީ އޭނާގެ ފޯނުގައި އޭނާގެ ޚިޔާލުތަކާއި ފެންނަ މަންޒަރުތައް ނޯޓުކުރަމުންނެވެ. އޭނާ ރޭވި ނުރައްކާތެރި ހަމަލާއާ ޚިލާފަށް، އޭނާގެ ނޯޓުތަކުން ފެންނަނީ އެމެރިކާގެ ޤުދުރަތީ ރީތިކަމަށް އޭނާ ކުރި ތައުރީފެވެ. އޭނާގެ ނޯޓުތަކުގައި ސަހަރާގެ ރީތިކަމާއި، ޝިކާގޯގެ މާހައުލާއި، އަދި ޕެންސިލްވޭނިއާގެ ޖަންގަލިތަކުގެ ރީތިކަމާ ބެހޭގޮތުން ވަރަށް އަސަރުގަދަ އިބާރާތްތަކުން ލިޔެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު