ރޭ މާލެ ސަރަހައްދަށް ކުރަމުންދާ ބޯވިއްސާރައިގެ ތެރެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނުއަޅައި، އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ހުޅުމާލޭ ސަހަރާ ކައިރީގައި ހުރި މި އިމާރާތަށް ހޮނުއެޅި ވަގުތު، އިމާރާތުގެ ކޮންކްރީޓް ބައިތަކެއް ފަޅައިގެން ގޮސް، ބައެއް އެތިކޮޅުތައް މަގުމައްޗަށް ބުރައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހަކު " ރަސް" އަށް ކިޔައިދިނެވެ.
މި ހާދިސާގައި އިމާރާތުގެ އެންމެ މަތީ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފޮޓޯތަކުން ފެންނަން ހުރި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މޫސުން ގޯސްވެ، ބާރަށް ގުގުރައި ވިދުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ހުޅުމާލެއަށް ހޮނުއަޅާ ބިރުވެރި މަންޒަރުތައް ފެންނަން ހުރިއިރު، މާލެ ސަރަހައްދުގެ މޫސުން މިރޭ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ރޭ މެންދަމު 12:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އެހެންކަމުން، އާންމު ރައްޔިތުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު